ގްރީސްގެ ރޭލު މަސައްކަތްތެރިން ހަޅުތާލުކުރަނީ

ގްރީސްގެ ރޭލު މަސައްކަތްތެރިން ހަޅުތާލުކުރަނީ
ލިޔުން:
ގްރީސްގައި ރޭލު އެކްސިޑެންޓްވެ ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ރޭލު މަަސައްކަތްތެރިން ހަޅުތާލުކުރަން ފަށައިފިއެވެ.
މަސައްކަތްތެރިންގެ ޔޫނިއަނުން ބުނީ 43 މީހަކު މަރުވި ހާދިސާއަ ގުޅިގެން ތަހައްމަލު ކުރަން ޖެހޭ "ވޭން" ރުޅިވެރިކަމަށް ބަދަލުވެފައިވާ ކަމަށެވެ. މަސައްކަތްތެރިން އިހުތިޖާޖު ކުރަމުންދަނީ ވެރިރަށް އެތެންސް އާއި ތެސަލޮނިކީ ގެ އިތުރުން ކާރިސާ ހިނގި ސަރަހައްދު ކައިރީގައި އޮންނަ ލާރިސާ ސިޓީގައެވެ.
ރެސްކިއު ޓީމުތަކުން ދަނީ މީހުން ހޯދުމުގެ މަސައްކަތްތައް އަދިވެސް ކުރަމުންނެވެ. ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން ރެސްކިއު ޓީމުގައި ހަރަކާތްތެރިވާ މެމްބަރަކު ބުނީ މިއީ "އެންމެ އުނދަގޫ ވަގުތު" ކަމަށެވެ. "ފުރާނަ ސަލާމަތް ކުރުމުގެ ބަދަލުގައި މި ޖެހެނީ ހަށިތައް ހޯދަން " އޭނާ ބުންޏެވެ.
މި ހާދިސާ ހިނގާފައިވަނީ އަންގާރަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. 350 މީހުންނާއެކު ދަތުރުކުރި ޕެސެންޖާ ރޭލެއް މުދާ އުފުލާ ރޭލެއްގައި ޖެހިގެންނެވެ. ދެ ރޭލުވެސް އެކްސިޑެންޓްވީ އެއް ޓްރެކެއްގައެވެ.
ރޭލްވޭގެ މަސައްކަތްތެރިންގެ ހަޅުތާލު ފެށުނީ ގްރީސް ގަޑިން ހައެއް ޖެހިހާއިރުއެވެ.
ހަޅުތާލުކުރާ މީހުން ބުނީ އެކްސިޑެންޓު ހިނގަން މެދުވެރިވީ ސަރުކާރުތަކުން ރޭލުވޭ އާ މެދު ސަރުކާރުން އިހުތިރާމު ކުޑަކުރުން ކަމަށެވެ.
އެކްސިޑެންޓާ ގުޅިގެން ލަރިސާގެ ސްޓޭޝަން މާސްޓަރެއްގެ މައްޗަށް އިހުމާލުވުމުގެ ދައުވާ ވަނީ އުފުލާފައެވެ. ރޭލު އެކްސިޑެންޓުވުމުގައި ގޯހެއް ހަދާފައިނުވާނެ ކަމަށާއި އެކަން ހިނގަން މެދުވެރިވީ ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުން ކަމަށް ސްޓޭޝަން މާސްޓަރު ވަނީ ބުނެފައެވެ.
ހާދިސާއާ ގުޅިގެން ގްރީސްގެ ޓްރާންސްޕޯޓް މިނިސްޓަރު ވަނީ އިސްތިއުފާ ދެެއްވާފައެވެ. 21 ވަނަ ގަރުނަށް ނުފެތޭ ރޭލްވޭ ސިސްޓަމެއް ހަމަޖެއްސުމުގައި ކަމާބެހޭ ފަރާތްތަކުން ޒަމާނުއްސުރެ ކުރަމުން އައި ނާކާމިޔާބީގެ ޒިންމާ ނަންގަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންސާފު ހޯދައިދޭނެ ކަމަށް ވައުދުވެ، މިނިވަން ތަހުގީގެއް ހިންގުމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
