ގްރީސް ގައި މަސް މަރުވުމުގެ ބޮޑު ހާދިސާއެއް ހިނގައިފި

ގްރީސް ގައި މަސް މަރުވުމުގެ ބޮޑު ހާދިސާއެއް ހިނގައިފި
ލިޔުން:
ގްރީސްގެ ޓޫރިސްޓް ބަނދަރެއް ކަމުގައިވާ ވޮލޮސް ގެ ބަނދަރު ސަރަޙައްދު މަރުވެފައިވާ މަސްތަކުން ފުރިއްޖެއެވެ.
ގްރީސް ގެ ކަމާބެެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި އެ ހާދިސާ ހިންގަން މެދުވެރިވީ މިދިޔަ އަހަރު ގްރީސްގައި ހިނގައިދިޔަ ފެންބޮޑުވުމުގެ ހާދިސާތަކުގެ ސަބަބުން ގްރީސްގެ މީރު ފެނުގެ ކޯރުތައް ފުރިގެން ކަނޑާ ގުޅުމާ ގުޅިގެންނެވެ. އަދަޔާ ހިލާފު ގިނަ އަދަދަކަށް މަސްތައް މަރުވެފައިވަނީ ލޮނުފެނަށް އެ މަސްތަކަށް އާދެވުމާ ގުޅިގެން ކަމަށްވެސް ބުނެފައިވެއެވ.
މަރުވެފައިވާ މަސްތައް ގްރީސްގެ ވޮލޮސްގެ އައްސޭރިފަށުގެ އިތުރަށް ޕަގަސްޓިކް ގަލްފް ކަނޑުގެ ސަރަޙައްދާއެކު ފެތުރިފައިވާކަމަށް ވޮލޮސްގެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
މަސްތައް ކުނިވުމުގެ ކުރިން ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު 24 ގަޑިއިރު ތެރޭގައި 40 ޓަނުގެ މަސް ނެގިފައިވާކަމަށާއި ނަމަވެސް އަދިވެސް މަރުވެފައިވާ މަސް މަދުވާތަން ނުފެންނަކަމަށް ކައުންސިލް މެންބަރު ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
