ގޮނޑިގެއްލުވާލީ ސިޔާސީ މަގްސަދެެއް ހާސިލްކުރަން: ރާހުލް ގާންދީ

ގޮނޑިގެއްލުވާލީ ސިޔާސީ މަގްސަދެެއް ހާސިލްކުރަން: ރާހުލް ގާންދީ
ލިޔުން:
ޕާލަމެންޓުން އޭނާގެ ގޮނޑި ގެއްލޭ ކަމަށް ކަނޑައެޅީ ސިޔާސީ މަގްސަދެއް ހާސިލްކުރުމަށް ކަމަށް އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ވިދާޅުވެއްޖެއެވެ.
އަބުރުގެ މައްސަލައެއްގައި ރާހުލް ގާންދީ ދެ އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރިތާ އެއް ދުވަސް ފަހުން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ މިދިޔަ ހުކުރު ދުވަހު އޭނާގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައެވެ.
ރާހުލް ގަންދީގެ މައްޗަށް ކޯޓުން ހުކުމް ކުރީ 2019 ވަނަ އަހަރު ބޭއްވި އެއްވުމެއްގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ނަމާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
ވެރިކަން ކުރާ ބީޖޭޕީން ބުނަނީ ޕާލިމެންޓުން، ރާހުލް ގާންދީ ބޭރުކުރީ ބަރުލަމާނީ އުސޫލާ އެއްގޮތަށް ކަމަށެވެ.
ސުޕްރީމް ކޯޓުން 2013 ވަނަ އަހަރު ނެރުނު އަމުރެއްގައި ބުނެފައި ވަނީ ކުށެއް ސާބިތުވެ ދެ އަހަރު ނުވަތަ އެއަށްވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ މެންބަރެއްގެ ގޮނޑި ވަގުތުން ގެއްލޭނެ ކަމަށެވެ.
"ޑިސްކޮލިފައި ކުރިޔަސް އަހަރެން ކުރިއަށް ދާނަން، އަހަރެން ހުއްޓައެއް ނުލާނަން" ނިއުސް ބްރީފިންގައި ވާހަކަ ދައްކަވަމުން ރާހުލް ގާންދީ ވިދާޅުވިއެވެ.
ކޮންގްރެސް ޕާޓީގެ ރައީސް މަލިކާރްޖުން ހްރްގޭ ތުހުމަތު ކުރެއްވި ގޮތުގައި ރާހުލް ގާންދީއާ ދެކޮޅަށް އެޅި ފިޔަވަޅަކީ އަދާނީ ގުރޫޕުގެ މައްޗަށް ކުރެވޭ ތުހުމަތުތައް ބެލުމަށް ޕާލަމެންޓްރީ ތަހުގީގެއް ހިންގުމަށް އޭނާ ގޮވާލެއްވުމުގެ ނަތީޖާ ކަމަށެވެ.
މި އަހަރުގެ ކުރީކޮޅު އެމެރިކާގެ ހިންޑެންބާގް ރިސާޗުން ވަނީ ސްޓޮކް އޮޅުވާލުމާއި އެކައުންޓިން އޮޅުވާލުމުގެ ތުހުމަތު އަދާނީގެ މައްޗަށް ކޮށްފައެވެ. އަދާނީ ގުރޫޕުން ވަނީ މާލީ ހިޔާނާތުގެ ތުހުމަތުތައް ދޮގުކޮށްފައެވެ.
"އަޅުގަނޑަށް ފެންނަ ގޮތުގައި އަޅުގަނޑުގެ މަސައްކަތަކީ މި ގައުމުގެ ޑިމޮކްރެޓިކް ސިފަ ދިފާއު ކުރުން،" ރާހުުލް ގާންދީ ވިދާޅުވިއެވެ.
"އޭގެ މާނައަކީ މި ގައުމުގެ މުއައްސަސާތައް ދިފާއުކުރުން، އޭގެ މާނައަކީ މި ގައުމުގެ ފަގީރުންގެ އަޑު ދިފާއުކުރުން، އޭގެ މާނައަކީ އަދާނީ ފަދަ ބޭފުޅުން، ބޮޑުވަޒީރާ އޮންނަ ގުޅުމުގެ ބޭނުން މައިގަނޑު ގޮތެއްގައި ނަހަމަ ގޮތުގައި ހިފާ ބޭފުޅުންގެ ހަގީގަތް މި ގައުމުގެ ރައްޔިތުންނަށް ކިޔައިދިނުން،" އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ޑިސްކޮލިފައި ކުރީ އަދާނީއާ ބެހޭ ގޮތުން ދެން ދެއްކެވި ތަގުރީރަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ބިރުފުޅުގަންނަވާތީ... އޭނަގެ ލޮލުން އެމަންޒަރު ފެނޭ"
ރާހުލްގެ ސަޕޯޓަރުން ބުނަނީ ގޮނޑި ގެއްލޭ ކަމަށް ކަނޑައެޅުމަކީ އިންޑިއާގެ ޑިމޮކްރެޓިކް ނިޒާމު ބަލިކަށިވަމުންދާ ކަމުގެ ނިޝާނެއް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރާ ދެކޮޅަށް އިތުރު މުޒާހަރާތަކެއް ކުރަން ރާވާފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
