މާލެ: 31°C

ގޯ ފަސްޓު އެއާލައިން ބަނގުރޫޓްވެ، ދަތުރުތަކަށް ވަގުތީ ހުއްޓުމެއް

May 3, 2023
2 ފަހަރު ބަލާފައި
ގޯ ފަސްޓު އެއާލައިން ބަނގުރޫޓްވެ، ދަތުރުތަކަށް ވަގުތީ ހުއްޓުމެއް
ގޯ ފަސްޓު އެއާލައިން ބަނގުރޫޓްވެ، ދަތުރުތަކަށް ވަގުތީ ހުއްޓުމެއް
އިންޑިއާގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ގޯ ފަސްޓް އިން ބޭންކްރަޕްޓްސީ އިއުލާނުކޮށް ވަގުތީ ގޮތުން ދަތުރުތައް ހުއްޓާލައިފިއެވެ. ގޯ ފަސްޓް އިން އަންގާރަ ދުވަހު ނެޝަނަލް ކޮމްޕެނީ ލޯ ޓްރައިބިއުނަލް (އެންސީއެލްޓީ) އަށް ބަނގުރޫޓުވިކަން އަންގައި ހުށަހަޅައިފާއިވައިރު ކުންފުނީގެ ފަންޑުގެ މައްސަލައަކާއި ގުޅިގެން މި މަހުގެ ތިން ވަނަ ދުވަހާއި ހަތަރު ވަނަ ދުވަހު ފްލައިޓް ދަތުރުތައް ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. ޗީފް އެގްޒެކެޓިވް ކޯޝިކް ކޮނާ ވިދާޅުވީ އެންސީއެލްޓީން އެ އެޕްލިކޭޝަން ބަލައިގަތުމުން ފްލައިޓް ދަތުރުތައް އަލުން ފަށާނެ ކަމަށެވެ. ގޯ ފަސްޓްގައި 5،000 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރެއެވެ. "މިއީ ވަރަށް ހިތާމަވެރި ނިންމުމެއް (ވޮލަންޓަރީ އިންސޮލްވެންސީ ރިޒޮލިއުޝަން ޕްރޮސީޑިންއަށް ހުށަހެޅުން) ނަމަވެސް އެކަން ކުރަން ޖެހުނީ ކުންފުނީގެ މަސްލަހަތު ހިމާޔަތް ކުރަން،" ޕީޓީއައި ނޫހަށް އޭނާ ވިދާޅުވިއެވެ. ގޯ ފަސްޓް އިން ބުނީ ބަނގުރޫޓުވުމަށް ހުށަހަޅަން މަޖުބޫރުވީ ޕްރެޓް އެންޑް ވިޓްނީ (ޕީއެންޑްޑަބްލިއު) އިން ސަޕްލައިކުރާ ޖީޓީއެފް (ގިއާޑް ޓާބޯފާން) އިންޖީނުތަކަށް ތަކުރާރުކޮށް ދިމާވާ މައްސަލަތަކުގެ ސަބަބުން ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 28 މަތިންދާ ބޯޓު ގްރައުންޑް ކޮށްފައިވާ ކަމަށާއި އެއީ އެ ކުންފުނީގެ ފްލީޓްގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު އަދަދެއް ކަމަށް ކޯނާ ވިދާޅުވިއެވެ. ޕްރޮމޯޓަރުން ފާއިތުވި ތިން އަހަރުގެ ތެރޭގައި އެ އެއާލައިނަށް 32 ބިލިއަން ރުޕީސްގެ ފައިސާ އިންވެސްޓްކޮށްފައިވާއިރު، ޖުމްލަ ފައިސާގެ ތެރެއިން 24 ބިލިއަން ރުޕީސް އިންޖެކްޓް ކޮށްފައިވަނީ ފާއިތުވި 24 މަސް ދުވަހުގެ ތެރޭގައެވެ. ވާޑިއާ ގްރޫޕް ހިއްސާވާ އެ އެއާލައިނުން ބުނީ މިއަހަރުގެ އޭޕްރީލް މަހު 2.9 ބިލިއަން ރުޕީސް ޕަމްޕްކޮށްފައިވާ ކަމަށެވެ. "މިއާއެކު އެއެއާލައިން އުފެދުނީއްސުރެ އެއެއާލައިނަށް ކުރާ ޖުމްލަ އިންވެސްޓްމަންޓް ގާތްގަނޑަކަށް 6.5 ބިލިއަން ރުޕީސްއަށް އަރާނެ،" އެ ބަޔާނުގައިވެއެވެ. ގޯ ފަސްޓުން ބުނީ ސަރުކާރުގެ އިމަޖެންސީ ކްރެޑިޓް ލައިން ގެރެންޓީ ސްކީމް (އީސީއެލްޖީއެސް) އިން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށެވެ. އެއެއާލައިންގެ ނިންމުން ސަރުކާރަށް އަންގާފައިވާ ކަމަށާއި އެކަމުގެ ތަފްސީލީ ރިޕޯޓެއް އޭވިއޭޝަން ރެގިއުލޭޓަރު ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އަށް ހުށަހަޅާނެ ކަމަށް ކޮނާ ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ