މާލެ: 31°C

ގިނަ ސިފައިންތަކެއް މަރުވި ވާހަކަ ޔޫކްރެއިނުން ދޮގުކޮށްފި

January 10, 2023
2 ފަހަރު ބަލާފައި
ގިނަ ސިފައިންތަކެއް މަރުވި ވާހަކަ ޔޫކްރެއިނުން ދޮގުކޮށްފި
ގިނަ ސިފައިންތަކެއް މަރުވި ވާހަކަ ޔޫކްރެއިނުން ދޮގުކޮށްފި
ރަޝިޔާއިން ދިން ހަމަލާއެއްގައި ޔޫކްރެއިންގެ 600 އަށް ވުރެ ގިނަ ސިފައިން މަރުވެފައިވާ ކަމަށް ބުނި ވާހަކަ ދޮގުކޮށްފިއެވެ. ޑޮންބާސް ސަރަހައްދުގައި ޔޫކްރެއިން ސިފައިން ބޭނުންކުރާ ބެރެކްތަކަށް އަސްކަރިއްޔާއިން ނުރައްކާތެރި "ބަދަލުހިފުމުގެ ހަމަލާއެއް" ދިން ކަމަށް ރަޝިޔާއިން ވަނީ ބުނެފައެވެ. ރަޝިޔާގެ ދިފާއީ ވުޒާރާއިން ބުނީ އިރުމަތީ ޑޮނެޓްސްކް ސަރަހައްދުގެ ކްރެމަޓޯސްކްގައި 1300 ޔޫކްރެއިން ސިފައިން ތިބޭ ވަގުތީ ދެ މަރުކަޒަކަށް މިސައިލް ހަމަލާދީފައިވާ ކަމަށެވެ. އަދި ޔޫކްރެއިން ސިފައިންނަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާއެއްގެ ސަބަބުން 600 ސިފައިން މަރުވި ކަމަށެވެ. ދިފާއި ވުޒާރާގެ ތަރުޖަމާނު އިގޯރް ކޮނަޝެންކޯވް ވިދާޅުވީ ހަމަލާ ދީފައިވަނީ، މިދިޔަ ހަފުތާގައި ޔޫކްރެއިންއިން މަކީވްކާއަށް ދިން ހަމަލާއެއްގައި ރަޝިއާގެ ގިނަ އަދަދެއްގެ ސިފައިން މަރާލުމާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ. ޔޫކްރެއިންގެ އޮފިޝަލުން ވަނީ ކްރަމަޓޯސްކަށް ރަޝިޔާއިން ދިން ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ބުނެފައެވެ. އިރުމަތީގައި ތިބި ޔޫކްރެއިންގެ ސިފައިންގެ ތަރުޖަމާނު ސެރްހީ ޗެރެވަތީ ވިދާޅުވީ ކްރެމެޓާސްކަށް ރަޝިޔާއިން ދިން ހަމަލާތަކުގެ ސަބަބުން ގެއްލުން ލިބިފައިވަނީ ހަމައެކަނި މަދަނީ އުމްރާނީ ވަސީލަތްތަކަށް ކަމަށެވެ. އަދި ޔޫކްރެއިންގެ އަސްކަރިއްޔާއަށް އެއްވެސް އަސަރެއް ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. ޑޮނެޓްސްކް ރީޖަނަލް އެޑްމިނިސްޓްރޭޝަންގެ ވެރިޔާ ޕަވްލޯ ކިރިލެންކޯ އާދީއްތަ ދުވަހު ވިދާޅުވީ ރަޝިއާއިން ކްރެމަޓޯސްކަށް ހަތް ރޮކެޓް ހަމަލާއެއް ދިން ކަމަށެވެ. ތައުލީމީ މަރުކަޒަކާއި ސިނާއީ މަރުކަޒަކެއްގެ އިތުރުން ގަރާޖު "ކޯޕަރޭޓިވްއަކަށް" ގެއްލުން ވެފައިވާ ކަމަށާއި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވިދާޅުވިއެވެ. ކްރެމެޓާސްކްގެ މޭޔަރު އޮލެކްސެންޑާ ހޮންޗަރެންކޯ ވިދާޅުވީ ސްކޫލްތަކުގެ ދެ އިމާރާތަކާއި އަށް އެޕާޓްމަންޓް ގެއަކަށް ގެއްލުން ވެފައިވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ