މާލެ: 31°C

ގިނަ އަދަދެއްގެ ލަގްޒަރީ ދުބާއީ ޗޮކްލެޓް ހިފައިގެން ދިޔަ އަންހެނަކު ޖަރުމަނުގެ އެއާޕޯޓުން ހިފަހައްޓައިފި

January 20, 2025
1084 ފަހަރު ބަލާފައި
ގިނަ އަދަދެއްގެ ލަގްޒަރީ ދުބާއީ ޗޮކްލެޓް ހިފައިގެން ދިޔަ އަންހެނަކު ޖަރުމަނުގެ އެއާޕޯޓުން ހިފަހައްޓައިފި
ޖަރުމަނުގެ ކަސްޓަމްސް އޮފިޝަލުން އަންހެން ދަތުރުވެރިއެއްގެ އަތުން 90 ކިލޯގެ ލަގްޒަރީ ދުބާއީ ޗޮކްލެޓް އަތުލައިގެންފި އެވެ.

ޖަރުމަނުގެ ކަސްޓަމްސް އޮފިޝަލުން އަންހެން ދަތުރުވެރިއެއްގެ އަތުން 90 ކިލޯގެ ލަގްޒަރީ ދުބާއީ ޗޮކްލެޓް އަތުލައިގެންފި އެވެ.

ޖަރުމަން ވިލާތުގެ ހެމްބާގް އެއާޕޯޓުގައި ހިނގި މި ހާދިސާ ހިނގަން މެދުވެރިވީ އިމްޕޯޓް ޑިއުޓީ ނުދެއްކުމާއި އެ އުފެއްދުންތަކާ މެދު ސިއްހީ ގޮތުން ހުރި ކަންބޮޑުވުންތަކުގެ ސަބަބުން ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ. އުމުރުން 33 އަހަރުގެ މި ދަތުރުވެރިޔާ ވަނީ ތިން ސޫޓްކޭހެއްގައި ޖުމްލަ 460 ޗޮކްލެޓް ބާ ގެންގޮސްފައެވެ.

މި ބާވަތުގެ ޗޮކްލެޓްތަކަށް ޖަރުމަނުވިލާތުގައި ބޮޑު ޑިމާންޑެއް ލިބިފައިވާއިރު، އެ ޗޮކްލެޓްތައް ވިއްކަނީ ގާތްގަނޑަކަށް 25 ޔޫރޯ އަށެވެ. ޖަރުމަނުގެ ކަސްޓަމްސްގެ ތަރުޖަމާނަކު ވިދާޅުވީ އެ ޗޮކްލެޓްތަކުގެ އަގު ގާތްގަނޑަކަށް 2،100 ޔޫރޯ އަރާއިރު، އެ ޗޮކްލެޓްތަކަކީ ވިޔަފާރީގެ ގޮތުން ވިއްކުމަށް އެތެރެކުރި ޗޮކްލެޓް ކަމަށް ބެލެވޭ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ