މާލެ: 31°C

ޣައްޒާގެ ވަޒަން ފޭރިގަތުމަށް އެމެރިކާއިން ގެންގުޅޭ ސިޔާސަތަށް އުރުދުޣާން ރައްދު ދެއްވައިފި

February 18, 2025
300 ފަހަރު ބަލާފައި
ޣައްޒާގެ ވަޒަން ފޭރިގަތުމަށް އެމެރިކާއިން ގެންގުޅޭ ސިޔާސަތަށް އުރުދުޣާން ރައްދު ދެއްވައިފި
ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ވަޒަނުން ބޭރުކޮށް، އެ ބިން ފޭރިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ތަސައްވުރަކީ މުޅި ދުނިިޔޭގެ ސުލްޙައާއި ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމުގައި ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ވިދާޅުވެއްޖެއެވެ.

ޓްރަމްޕް ހުށަހަޅުއްވާފައި ވަނީ ޣައްޒާގެ ރައްޔިތުން ވަޒަނުން ބާލައި، އުރުދުނާއި މިޞްރަށް ބަދަލު ކުރާށެވެ. އަދި، ޣައްޒާއަށް އެމެރިކާއިން ވެރިވެގަނެ، ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އެ ތަން ތަރައްޤީ ކުރުމަށެވެ.

މި ތަސައްވުރާ މެދު އުރްދުޣާން ކަންބޮޑުވުން ފާޅު ކުރައްވާފައި ވަނީ އިންޑޮނީޝިޔާގެ ޓީވީއަކަށް ދެއްވި ބަސްދީގަތުމެއްގައެވެ. "އަޅުގަނޑު ދެކޭ ގޮތުގައި، ބޮޑުވެގެންވާ ގާތިލަކާ އެކު [ޒަަޔަނިސްޓުންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު] އެއްބަސްވުމެއް އެކުލަވައިލަން އުޅުމަކީ މުޅި ދުނިޔޭގެ ސުލްޙައަށް އޮތް ބޮޑު ނުރައްކަލެއް،" އޭނާ ވިދާޅުވިއެވެ.

"މި ވަގުތު، ފަލަސްޠީނުގެ ރައްޔިތުންގެ އަތުން، ޣައްޒާގެ ރައްޔިތުންގެ އަތުން، އެ ތަން އަތެއް ނުލެވޭނެ. ފުރަތަމަ ކަމަކަށް، އެ ފަދަ ކަމެއް ކުރުމަށް ހުށަހެޅުމަކީ ވެސް ދުނިޔޭގެ ސުލްޙައަށް އޮތް ނުރައްކަލެއް،" ޓްރަމްޕްގެ ހުށަހެޅުމަށް ފާޑުވިދާޅުވަމުން އުރްދުޣާން ވިދާޅުވިއެވެ. އަދި، ޣައްޒާގެ ރައްޔިތުން ވަޒަނުން ބާލައި، އެ ބިން ފޭރިގަތުމާ މެދު ޓްރަމްޕް ދައްކަވަމުން ގެންދަވަނީ ހެޔޮ ވާހަކަތެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމުގައި ވެސް އުރްދުޣާން ވިދާޅުވިއެވެ."އަޅުގަނޑުގެ އުންމީދަކީ އެ ކުށް، ވީ އެންމެ އަވަހަކަށް ރަނގަޅު ކުރުން، އަދި ދުނިޔޭގެ ސުލްޙައަށް ފުރުޞަތު ދިނުމުގެ ގޮތުން ދުނިޔޭގެ ބިޔަ ބާރެއްގެ ގޮތުގައި ބެލެވޭ އެމެރިކާއިން އެ ފަދަ ކުށްތަކާ ދުރުހެލިވުން،" އޭނާ ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ