މާލެ: 31°C

ޖަރުމަނަށް ކުރިމަތިވި އިގްތިސާދީ ޑިޕްރެޝަނުގައި ފައިސާ ޗާޕްކުރުމުން ރައްޔިތުންނަށް ލެއްވި ނަސީބު

April 1, 2024
5 ފަހަރު ބަލާފައި
ޖަރުމަނަށް ކުރިމަތިވި އިގްތިސާދީ ޑިޕްރެޝަނުގައި ފައިސާ ޗާޕްކުރުމުން ރައްޔިތުންނަށް ލެއްވި ނަސީބު
ޖަރުމަނަށް ކުރިމަތިވި އިގްތިސާދީ ޑިޕްރެޝަނުގައި ފައިސާ ޗާޕްކުރުމުން ރައްޔިތުންނަށް ލެއްވި ނަސީބު
ފުރަތަމަ ބޮޑުހަނގުރާމަ 1918 ވަނަ އަހަރު ނިމުމާއެކު ޖަރުމަނުވިލާތަށް ކުރިމަތިވި ނާކާމިޔާބީއާއެކު އެގައުމަށް އިގްތިސާދީ ގިލަންވެރިކަމެއް ފެށިގެންދިޔައެވެ. ހަނގުރާމައިގެ ސަބަބުން ޖަރުމަނުގެ އޭރު އޮތް އިގްތިސާދު ހީނަރުވެ އެންމެފަހުން އިގްތިސާދީ ޑިޕްރެޝަން ނުވަތަ ހައިޕާ އިންފްލޭޝަނަކާ ޖަރުމަނުގެ ރައްޔިތުން ކުރިމަތިލާން ޖެހުނެވެ. ޖަރުމަނުވިލާތުގެ އިގްތިސާދު 1923 ވަނަ އަހަރު އިނދަޖެހިފައިވަނީ ފުރަތަމަ ބޮޑު ހަނގުރާމައަށްފަހު އެކުލަވާލި މުއާހަދާގެ ސަބަބުންކަމަށް އެގައުމުގެ ތާރީހާ ބެހޭގޮތުން ލިޔެފައިހުރި ބައެއް ލިޔުންތަކުން ދޭހަވެއެވެ. އެގޮތުން ފުރަތަމަ ބޮޑު ހަނގުރާމަ ނިމި ޖަރުމަނުވިލާތުގެ ރަސްކަމުގައި ހުރި ރަސްގެފާނު ގައުމު ދޫކުރައްވައި ވަޑައިގަތުމާއި ގުޅިގެން އޭރު އުފެދުނު ވެއިމާ ރިޕަބްލިކް އޭ ކިޔުނު ސަރުކާރުން ހަނގުރާމައިގެ އިއްތިހާދީންއާއެކު އެއްބަސްވުމެއް ހެދިއެވެ. ޖަރުމަނުވިލާތުގެ ކުރީގެ ލީޑަރު އެޑޮލްފް ހެޓްލަރ ގަބޫލުކުރެއްވި ގޮތުގައި 1923 ވަނަ އަހަރު އެގައުމަށް ކުރިމަތިވި އިގްތިސާދީ ގިލަންވެރިކަމުގެ ހުރިހާވެސް އަސްލު ގުޅިފައިވަނީ އޭރު އުފެދުނު ސަރުކާރުގެ ދޯހަޅިކަމެވެ. ގައުމުގެ އިޤްތިޞާދީ އަޑިއަޅާލުމަށް އުފަންވި ސަބަބުތަކުގެ ތެރެއިން، ވަޒީފާ ނުލިބުމުގެ މައްސަލަތައް ކުރިމަތިވީ ދުނިޔޭގެ ޔަހޫދީން ރޭވި ނުބައި ރޭވުންތަކުގެ ސަބަބުންކަމަށް ހެޓްލަރ އައީ ފާޅުގައި ބުނަމުންނެވެ. މިގޮތުން ޖަރުމަނުގެ ބިންތަކުންނާއި ކާރުހާނާތަކުން ކުރާ މަސައްކަތްތަކުން ލިބެންޖެހޭ ފައިސާގެ ބިލްތައް ޔަހޫދީންގެ މަކަރުވެރި ރޭވުމުގެ ދަށުން އެގަުމުގެ ސަރުކާރަށް ނުލިބި ދިގުލައިގެންދިއުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ފުރަތަމަ ބޮޑު ހަނގުރާމައިން ބަލިވި ޖަރުމަނުވިލާތުގެ އިގްތިސާދު އިނދަޖެހިގެން ދިއުމެވެ. އެކަން އެގޮތަށް ވެގެންދިއުންވެފައިވަނީ، ޖަރުމަނުވިލާތުން ޔަހޫދީން ބޭރުކުރުމަށް ހެޓިލަރު ވިސްނަމުންއައި އައުމަށް ލިބުނު އިތުރު ބާރަކަށެވެ. ފުރަތަމަ ބޮޑު ހަނގުރާމައަށްފަހު ޖަރުމަނުވިލާތަށް ކުރިމަތިވި އިގްތިސާދީ ޑިޕްރެޝަނުގައި އެގައުމުގެ ސަރުކާރުން ވަނީ ވަރަށް ގިނައިން ފައިސާ ޗާޕްކޮށްފައެވެ. އެކިއެކި ގައުމުތަކުން ނަގާފައިވާ ލޯނުތައް އަދާކުރުމަށާއި، ސަރުކާރުން ރައްޔިތުންނަށް ފުއްދައިދޭންޖެހޭ މުހުތާދުތައް ފުއްދައިދިނުމަށް ސަރުކާރަށް އޭރު އޮތްހާވެސް ގޮތަކީ ފައިސާ ޗާޕްކުރުމެވެ. ޖަރުމަނަށް ކުރިމަތިވި އިގްތިސާދީ މި ކާރިސާ އާ ބެހޭގޮތުން ލިޔެފައި ހުރި ތާރީހީ ލިޔުންތަކަށް ބަލާއިރު، 1923 ވަނަ އަހަރު އެގައުމަށް ކުރިމަތިވި ފިނި މޫސުމުގައި ގިނަ އަދަދެއްގެ ރައްޔިތުން ފިނިން ސަލާމަތްވުމަށް އަލިފާންގަނޑު ޖެހުމަށް ބޭނުންކުރީ ފައިސާގެ ނޫޓުތަކެވެ. ފައިސާ ޗާޕްކުރުން އިންތިހާއަށް އިތުރުވުމުން ނޫޓުތައް ރައްކާކުރުމަށް ވަތްގަނޑުތަކުގެ ބަދަލުގައި ހަދަންޖެހުނީ ގުދަންތަކެވެ. [caption id="attachment_100001" align="alignnone" width="747"] ޖަރުމަނަށް ކުރިމަތިވި އިގްތިސާދީ ޑިޕްރެޝަނުގައި ކުޑަކުދިން ކުޅުމަށް ބޭނުންކުރި އެކައްޗަކީވެސް ފައިސާގެ ނޫޓުތައް...[/caption] ޖަރުމަނުވިލާތަށް ކުރިމަތިވި އިގްތިސާދީ ޑިޕްރެޝަނާއެކު އޭރު 250 ރުފިޔާއަށް ވިއްކި ޕާނުގެ އަގު 200 ހާސް މިލިއަން މާކް ނުވަތަ 200 ބިލިއަން މާކަށް އުފުލިގެން ދިޔައެވެ. އިގްތިސާދީ ބަހުރުވައަކުން ބުނާނަމަ، މިއީ ފައިސާ ހައްދު ފަހަނަ އަޅާދާވަރަށް ފައިސާ ޗާޕްކުރުމެވެ. ކޮންމެއަކަސް ޖަރުމަނުގެ އިގްތިސާދީ ޑިޕްރެޝަނަށްގޮސް ފައިސާ ޗާޕްކުރުން އިންތިހާއަށް އިތުރުވެ، ފައިސާގެ ނޫޓުތައް އިތުރުވުމުން އެކަމުން އެންމެބޮޑު ހިތްހަމަ ޖެހުމެއް ލިބުނު އެއްބަޔަކީ އެގައުމުގެ ރައްޔިތުންނެވެ. ފިނި މޫސުމުގައި ހީފިލުވުމަށް ދަރުހޯދަން މާދުރަށް ދާންނުޖެހި ބަނޑުހައި ހޫނުކަމުގައި ތިބި ރައްޔިތުންނަށް އެދުވަސްވަރު އެންމެބޮޑު ނަސީބަކަށްވީ މުޅިތަނަށް ގިނައިވެފައި އޮތް ޖަރުމަނުވިލާތުގެ ފައިސާކަމަށްވާ މާކްގެ ނޫޓުތަކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ