ޣައްޒާގައި އިސްރާއީލުން ހިންގާ ގަތުލުއާމް ސިފަކޮށްދިނުމަށް ސްޕެއިންގެ ބިލްބާއޯ މިއުޒިއަމް ކުރިމަތީ އެތައްސަތޭކަ މީހުން އޮށޯވެ އިޙްތިޖާޖް ކުރަނީ!

ޣައްޒާގައި އިސްރާއީލުން ހިންގާ ގަތުލުއާމް ސިފަކޮށްދިނުމަށް ސްޕެއިންގެ ބިލްބާއޯ މިއުޒިއަމް ކުރިމަތީ އެތައްސަތޭކަ މީހުން އޮށޯވެ އިޙްތިޖާޖް ކުރަނީ!
ލިޔުން:
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގާ ގަތުލުއާމާ ދެކޮޅަށް ސްޕެއިންގައި ކުރަމުންގެންދާ ބޮޑު މުޒާހަރާގެ ބައިވެރިން ބިލްބާއޯގެ ގުގެންހައިމް މިއުޒިއަމް ކުރިމަތީ އޮށޯވެއްޖެއެވެ.
މުޒާހަރާގެ ބައިވެރިން މިއުޒިއަމްގެ ކުރިމަތީ މަގިތަކުގައި އޮށޯތީ އިސްރާއިލުން ފަލަސްތީނުގެ ކުށެއްނެތް ރައްޔތުން އިންސާނީޔަތުކަމެއްނެތި މަރަމުންގެންދާގޮތް ސިފަކޮށްދިނުމުގެ ގޮތުންކަމަށް މުޒާހަރާ ކުރާ ފަރާތްތަކުން ބުނެއެވެ. އަދި މުޒާހަރާގައި ބޭނުންކުރާ ޕޯސްޓަރ ތަކުގައި ވަނީ ޣައްޒާގެ މަގުތައް މަރާލާފައިވާ އިންސާނުންގެ ހަށިގަނޑުތަކުން ފުރާލައިފި ކަމަށެވެ.
އިސްރާއީލުން ޣައްޒާއަށް ދިން އަސްކަރީ ޙަމަލާތަކުގެ ސަބަބުން އެޤައުމުގެ ގާތްގަނޑަކަށް 2.3 މިލިއަން މީހުންގެ ގެދޮރު ގެއްލި ބަނޑުހައިހޫނުކަމުގެ ދަތިކަން ކުރިމަތިވެފައެވެ. އަދި 31،000 އަށްވުރެ ގިނަ މީހުން މިހާތަނަށް މަރުވެފައިވާކަމަށް ރިޕޯޓް ކޮށްފައިވެއެވެ
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
