ގައުމުން ބޭރަށް ދަތުރުކުރުން އިމްރާނަށް މަނާކޮށްފި

ގައުމުން ބޭރަށް ދަތުރުކުރުން އިމްރާނަށް މަނާކޮށްފި
ލިޔުން:
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާނާއި އަނބިކަނބަލުންގެ އިތުރުން އެ ގައުމުގެ ސިޔާސީ ގިނަ އެހީތެރިންނަށް ދަތުރުފަތުރުކުރުން މަނާކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.
އިމިގްރޭޝަނާއި ބޯޑަރު ކޮންޓްރޯލް ކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ފެޑެރަލް އިންވެސްޓިގޭޝަން އެޖެންސީ (އެފްއައިއޭ) އިން އިމްރާންގެ ނަން ނޯ ފްލައި ލިސްޓުގައި ހިމަނާފައިވާ ކަމަށް ޑީޕީއޭ ނިއުސް އެޖެންސީއަށް މިދިޔަ ހުކުރު ދުވަހު އެކަން ދެ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދީފައެވެ.
އިމްރާންއާ އަނބިކަނބަލުން ބުޝްރާ ބީބީގެ އިތުރުން އޭނާގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީގެ 500 އަށް ވުރެ ގިނަ ލީޑަރުންނާއި މެމްބަރުން ވެސް ނޯ ފްލައި ލިސްޓުގައި ހިމަނާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
އޭގެ ތެރެއިން އޮފިޝަލަކު ވިދާޅުވީ ވަކި ވަކި ފަރުދުންނަށް ގައުމުން ބޭރަށް ދިއުން މަނާ ކުރުމަކީ ކޯޓުމަރުހަލާތަކާ ކުރިމަތިލާން ޖެހިފައިވާ މައްސަލަތަކުގައި ސްޓޭންޑަޑް ޕްރޮސީޖާއެކެވެ.
ހުކުރު ދުވަހު އިމްރާން ވަނީ ނޯ ފްލައި ލިސްޓުގައި އޭނާ ހިމެނުމުން، ރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމުން ބޭރުގައި އެއްވެސް މުދަލެއް، ވިޔަފާރިއެއް އަދި ބޭންކް އެކައުންޓެއް ނެތުމުން ބޭރަށް ވަޑައިގަތުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އޭނާ އެހެން ވިދާޅުވެފައި މިވަނީ ޕާކިސްތާނުގެ ވެރިކަން ކުރާ އިއްތިހާދާ ގުޅިފައިވާ ސިޔާސީ ފަރާތްތަކުގެ ތެރެއިން ބޭރުގައި ގެދޮރު މިލްކުކުރާ ކަމަށް ތުހުމަތު ކުރެވޭ ސިޔާސީ ފަރާތްތަކަށް އަމާޒުކޮށެވެ.
އިމްރާންގެ ސަރުކާރުން ވަނީ 2018 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް އިދިކޮޅު ބައެއް ލީޑަރުންނަށް ވެސް ދަތުރުފަތުރު ކުރުން މަނާކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
