ގަދަ ހޫނަށް ދުނިޔެ ތައްޔާރުވާން ޖެހޭ: އދ

ގަދަ ހޫނަށް ދުނިޔެ ތައްޔާރުވާން ޖެހޭ: އދ
ލިޔުން:
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާދަޔާ ހިލާފަށް ހޫނުގަދަވުމުންދާތިވެ އދއިން އިންޒާރު ދީފައެވެ.
އުތުރު އެމެރިކާއިން ފެށިގެން ޔޫރަޕާއި އޭޝިއާއާ ހަމައަށް ސިއްހީ އިދާރާތަކުން ވަނީ އިރުގެ އަލިން ރައްކާތެރިކަން ހޯދުމަށް އިލްތިމާސްކޮށްފައެވެ.
އދ.ގެ ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއުއެމްއޯ)ގެ ސީނިއާ އެކްސްޓްރީމް ހީޓް އެޑްވައިޒަރެއް ކަމަށްވާ ޖޯން ނައިރަން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ މި ހާދިސާތައް އިތުރުވާނެ ކަމަށެވެ. ގަދަ ހޫނަށް ދުނިޔެ ތައްޔާރުވާން ޖެހޭ ކަމަށް އިލްތިމާސްކުރިއެވެ.
ހޫނުގަދަވުމަކީ ގުދުރަތީ ގޮތުން ކުރިމަތިވާ އެންމެ ނުރައްކާތެރި ނުރައްކާތަކުގެ ތެރޭގައި ހިމެނޭ އިރު، ކޮންމެ އަހަރަކު ވެސް ހޫނުގަދަވުމުގެ ސަބަބުން އެތައް ލައްކަ ބަޔަކު މަރުވެއެވެ.
ނައިރަން އިންޒާރު ދެއްވީ، އާބާދީ އިތުރުވަމުންދާ ދަނޑިވަޅެއްގައި، ފިނި ހޫނުމިން އިތުރުވެ، މުސްކުޅިވަމުން އަންނަ އާބާދީތަކުގެ ތެރޭގައި، ސިއްހީ ނުރައްކާ ވަރަށް ހަލުވިކަމާއެކު އިތުރުވަމުންދާކަމެވެ.
ދާދި ފަހުން އިއުލާނު ކުރި އެލްނީނޯ އަށް އޭނާ އަލިއެޅުއްވިއެވެ. އެލްނީނޯ އަކީ މެދުތެރެއާއި އިރުމަތީ އިކުއެޓޯރިއަލް ޕެސިފިކް ކަނޑުގެ ކަނޑުގެ ސަރަޙައްދުގެ ފިނިހޫނުމިން ހޫނުވުމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކެކެވެ. މިއީ ކޮންމެ ދެ އަހަރަކުން ހަތް އަހަރަކުން އެއްފަހަރު ދިމާވާ ކަމެކެވެ.
އޭނާ ފާހަގަކުރި ގޮތުގައި 1980 ގެ އަހަރުތަކުން ފެށިގެން އުތުރު ހެމިސްފިއާގައި އެއްފަހަރާ ހޫނު ގަދަވާ މިންވަރު ވަނީ ހަ ގުނަ އިތުރުވެފައެވެ. މި ޓްރެންޑް ދަށްވުމުގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށާއި ހޫނު ގަދަވުމުގެ ސަބަބުން އިންސާނުންގެ ސިއްހަތާއި ދިރިއުޅުމަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމުގެ އިންޒާރު ނައިރަން ވަނީ ދެއްވާފައެވެ.
ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ހޫނު ގަދަވަމުން އަންނަ ޔޫރަޕުން ތައްޔާރުވަމުން ދަނީ އިޓަލީގެ ސިސިލީ އާއި ސާޑީނިއާގެ ރަށްތަކަށް މިހާރު އުފެދިފައިވާ ހޫނު ގަދަވުމުގެ ޕީކް އަށެވެ. ފިނިހޫނުމިން 48 ޑިގްރީ ސެލްސިއަސް (118 ޑިގްރީ ފެރެންހައިޓް) އަށް އަރާނެ ކަމަށް އަންދާޒާކޮށްފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
