ފްރާންސްގެ ހަމަނުޖެހުން: ހާހެއްހާ މީހުން ހައްޔަރަށް

ފްރާންސްގެ ހަމަނުޖެހުން: ހާހެއްހާ މީހުން ހައްޔަރަށް
ލިޔުން:
ފްރާންސްގެ އެކި ސިޓީތަކުގައި ހިނގަމުންދާ ހަމަނުޖެހުންތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ހަމަނުޖެހުންތަކުގައި ކާރުތަކާއި އިމާރާތްތަކުގައި ރޯކޮށް، ފިހާރަތައް ލޫޓުވައިފިއެވެ. 900 އަށް ވުރެ ގިނަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ކަމެއް ފެށުނީ ފުލުހުން، 17 އަހަރުގެ ކުއްޖަކު މަރާލުމައި ގުޅިގެންނެވެ.
ފްރާންސްގެ ދާހިލީ ވުޒާރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފްރާންސްގެ އެކި ސަރަހައްދުތަކުން 994 މީހަކު ހައްޔަރުކޮށްފައިވެއެވެ. ހުކުރު ދުވަހު 45،000 ފުލުހުން ހަރަކާތްތެރިވި ނަމަވެސް ލިޔޯން، މާސޭ އަދި ގްރެނޯބަލް ފަދަ ސިޓީތަކުގައި ޒުވާނުންގެ ގްރޫޕްތަކުން ފިހާރަތަކުން ވައްކަންކޮށް، އަލިފާން ރޯކުރިއެވެ.
އޭގެ ތެރޭގައި ޕެރިސް ސަރަހައްދުގެ ޝޮޕިން މޯލެއްގައި ފާސްޓްފުޑް އައުޓްލެޓެއްގެ ބިއްލޫރިގަނޑު ތަޅާލައި، ބަންދުކޮށްފައިވާ ފިހާރައަކަށް ވަންނަން މަސައްކަތްކުރިއެވެ. އެކަން ހުއްޓުވަން އޮފިސަރުން ކަރުނަ ގޭސް ބޭނުންކުރިއެވެ. ގާނޫނު ތަންފީޒު ކުރާ ފަރާތްތަކަށް މި ހާލަތު އަދިވެސް އޮތީ ނުތަނަވަސް ހާލަތެއްގައެވެ.
ނަހެލް އެމްގެ ގަޔަށް ފުލުހުން ބަޑިޖަހާ މަރާލި ވީޑިއޯ އާއްމުވުމުން ފްރާންސްގެ ރައްޔިތުން ތިބި ހައިރާންވެފައެވެ. އޭގެ ސަބަބުން އެގައުމުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ނިކަމެތި އަވަށްތަކުގައި ދިރިއުޅޭ ޒުވާނުންނާއި ފުލުހުންނާ ދެމެދު ޒަމާނުއްސުރެ އުފެދިފައިވާ ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. އަދި ފަރަންސޭސި މުޖުތަމައުގައި ނަސްލީ ތަފާތުކުރުންތަކުގެ މައްސަލަ ވެސް މިއާއެކު އަނެއްކާވެސް ވަނީ ފެންމަތިވެފައެވެ.
މިހާރު ދިމާވެފައިވާ ހާލަތަށް ހައްލެއް ހޯއްދެވުމަށް ފްރާންސްގެ ރައީސް އެމަނުއެލް ހުކުރު ދުވަހު ވަނީ ކްރައިސިސް ބައްދަލުވުމެއް ބާއްވައިފައެވެ. ހަމަނުޖެހުންތައް ހިނގި ނަމަވެސް މެކްރޮން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނެއް ނުކުރައްވައެވެ. އަދި އޭގެ ތެރެއިން ބޮޑު ބަޔަކީ ޒުވާން ކުދިން ކަމަށްވާތީ، ހަމަނުޖެހުން ހިންގާ ކުޑަކުދިންގެ ޒިންމާ ބެލެނިވެރިން އުފުލުމަށް އޭނާ ގޮވާލެއްވިއެވެ.
ޓިކްޓޮކް އަދި ސްނެޕްޗެޓް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާ ގުޅިގެން އެ ޕްލެޓްފޯމްތަކުގެ ހިދުމަތުގެ ޒަރިއްޔާއިން "ކޮޕީކެޓް ވަޔަލެންސް" ފެތުރުން ކޮންޓްރޯލް ކުރާނެ ކަމަށް މެކޮރޯން ވިދާޅުވިއެވެ.
ނަހެލްގެ ޖަނާޒާ މިއަދު ޕެރިސްގެ އަވަށެއް ކަމަށްވާ ނަންޓެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޖަނާޒާގެ ސަބަބުން ހާލަތު ހަމަޔަކަށް އެޅުން އެކަށީގެންވެއެވެ. ނަމަވެސް އެކަމުގެ ޔަގީންކަމެއް ނެތެވެ.
އާއިލާގެ ވަކީލުން ވަނީ ނަހޭލްގެ ޖަނާޒާ ކަވަރު ނުކުރުމަށް ނޫސްވެރިން ގާތު އެދިފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
