މާލެ: 31°C

ފްރާންސުގައި ކުރި މުޒާހަރާތަކާއެކު ކުރިއަށް އޮތް ބަންދުގައި ހަވާއެރުވުން މަނާކޮށްފި

July 10, 2023
2 ފަހަރު ބަލާފައި
ފްރާންސުގައި ކުރި މުޒާހަރާތަކާއެކު ކުރިއަށް އޮތް ބަންދުގައި ހަވާއެރުވުން މަނާކޮށްފި
ފްރާންސުގައި ކުރި މުޒާހަރާތަކާއެކު ކުރިއަށް އޮތް ބަންދުގައި ހަވާއެރުވުން މަނާކޮށްފި
ފަރަންސޭސިވިލާތުގައި ޗުއްޓީ ދުވަހުގެ ގޮތުގައި ފާހަގަކުރާ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ހަފުތާ ބަންދުގައި ފަޔާވޯކްސް ވިއްކުމާއި ގެންގުޅުމާއި އުފުލުން މަނާކޮށްފައެވެ. މިކަމެއް މަނާކޮށްފައި މިވަނީ ފްރާންސުގެ ފުލުހުން ވެރިރަށް ޕެރިސް ކައިރީގައި  ކުއްޖަކު މަރާލުމާ ގުޅިގެން ހަމަނުޖެހުންތައް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ޖުލައި މަހުގެ 14 ވަނަ ދުވަހުގެ މުނާސަބަތުގައި އާންމު އަމަން އަމާންކަމަށް ބުރޫ އަރާފާނެތީ އާދީއްތަ ދުވަހު ރަސްމީ ޖާނަލްގައި ޝާއިއުކޮށްފައިވާ ސަރުކާރުގެ ގަރާރެއްގައިވާ ގޮތުން މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ބަޑި ބޭހުގެ އެއްވެސް އެއްޗެއް ވިއްކުމާއި ގެންގުޅުމާއި އުފުލުމާއި ބޭނުންކުރުން މަނާވާނެއެވެ. ހަމަނުޖެހުންތައް އަލުން ފެތުރިދާނެތީ ކަންބޮޑުވެ ވަޑައިގެން ބޮޑުވަޒީރު އެލިޒަބެތު ބޯން "ލެ ޕެރިސިއަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ގައުމީ ޗުއްޓީގައި ފަރަންސޭސިން ހިމާޔަތް ކުރުމަށް ސަރުކާރުން ގިނަ ވަސީލަތްތައް ބޭނުންކުރާނެ ކަމަށެވެ. ޕެރިހުގެ އަވަށެއް ކަމަށްވާ ނަންޓެރޭގައި އަލްޖީރިއާގެ ދަރިކޮޅުގެ ޒުވާނެއް ކަމަށްވާ ނަހެލް އެމް ފުލުހުން މަރާލުމާ އެކު ހަމަނުޖެހުން ހިނގައި ސަރުކާރުގެ އިމާރާތްތަކަށް ގެއްލުންތަކެއް ދީފައިވެއެވެ. ރަސްމީ ތަފާސް ހިސާބުތައް ދައްކާ ގޮތުން ނަހެލް މަރުވުމާ ގުޅިގެން ކުރި މުޒާހަރާތަކާ ގުޅިގެން 1،160 ކުޑަކުދިންނާއެކު 3،700 އަށް ވުރެ ގިނަ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ