މަތިންދާ ބޯޓު އެކްސިޑެންޓް މައްސަލާގައި ޓްރަމްޕް ދެއްކެވި ވާހަކަތަކެއް މީޑިއާގެ ބޮޑު ބަހުސަކަށް ވެއްޖެއެވެ.
64 މީހުންނާއެކު ދަތުރުކުރި އެމެރިކަން އެއާލައިންސްގެ މަތިންދާބޯޓް ވެއްޓުނީ ވައިޓް ހައުސްއާ އެންމެ ފަސް ކިލޯމީޓަރު ދުރުގައި އޮންނަ ވޮޝިންޓަން ޑީސީ ގެ ރޮނާލްޑް ރޭގަން އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި އެމެރިކާގެ އަސްކަރިއްޔާގެ ބްލެކް ހޯކް ހެލިކޮޕްޓަރަކާ ޖެހި ހިނގި އެކްސިޑެންޓްގަ އެވެ.
މަތިންދާ ބޯޓު ވެއްޓުނު ހާދިސާއާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅުގައި ވަނީ އެމެރިކަން އެއާލައިންސްގެ ޕެސެންޖަރު ފްލައިޓްގެ އަލި ފެނުމުން ފެނުމުން އަސްކަރިއްޔާގެ ހެލިކޮޕްޓަރު އެނބުރި ނުދިޔައީ ކީއްވެތޯ ސުވާލު އުފައްދަވާފަ އެވެ. އަދި އެމަނިކުފާނުގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 18 މީހުން މަރުވި މި ހިތާމަވެރި ހާދިސާ ހުއްޓުވެންޖެހޭނެ ކަމަށެވެ.
އެ ހާދިސާ އާއި ގުޅިގެން އެމެރިކާގެ ރައީސް ވަނީ ކޮންޓްރޯލް ޓަވަރާ މެދުވެސް ސުވާލު އުފައްދަވައި، ނުރައްކާތެރި އެކްސިޑެންޓަކުން ސަލާމަތްވުމަށް ހެލިކޮޕްޓަރަށް އިރުޝާދު ނުދިނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.
ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މަތިންދާ ބޯޓް އައިސް ފައިވަނީ ފުރިހަމަ ކަމާއެކު އެއާޕޯޓަށް ޖައްސަން ކަމަށާއި، ހެލިކޮޕިޓަރ މާދުރު އައިސްފައިވަނީ ސީދާ ފްލައިޓާ ދިމާލަށް ކަމަށާއި، އެހެންކަމުން ފްލައިޓްގެ އަލި ފެނުމުން ހެލިކޮޕިޓަރ މައްޗަށް ނުވަތަ ތިރިއަށް ނުދިޔައީ ނޫނީ އަނބުރާނުލީ ކީއްވެތޯ އާއި ކޮންޓްރޯލް ޓަވަރުން ހެލިކޮޕްޓަރ ގާތު މަތިންދާ ބޯޓް ފެނޭތޯ ސްވާލުކުރުމުގެ ބަދަލުގައި ހެލިކޮޕްޓަރ އަނބުރާލަން އިރުޝާދު ނުދިނީ ކީއްވެތޯ އެވެ.
ޓްރަމްޕްގެ އެ ސުވާލުތަކާ ގުޅިގެން ގިނަ ފަރާތްތަކަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ، އެގޮތުން ފާޑުކިޔާ ފަރާތްތަކުން ބުނެފައިވަނީ އިންސިޑެންޑް ގައި 3 ފަރާތެއް ހިމެނޭއިރު އެކަން ހިނގާފައިވާ ގޮތް ތަހުގީގުކުރުމެއްނެތި ރައީސް ޓްރަމްޕް ވަކި ފަރާތްތަކަކަށް އެމައްސަލާގައި އިހްމާލުވިކަމުގެ ތުހުމަތު އެޅޭގޮތަށް ވާހަކަ ދެއްކެވެމަކީ އިންސާވެރިގޮތެއް ނޫންކަމަށް ބުނެފައެވެ.







