މާލެ: 31°C

ފިޖީ ގައި އެއިޑްސްގެ އައުޓްބުރެކް އިއުލާނުކޮށްފި

January 27, 2025
465 ފަހަރު ބަލާފައި
ފިޖީ ގައި އެއިޑްސްގެ އައުޓްބުރެކް އިއުލާނުކޮށްފި
ފިިޖީގައި އެއިޑްސް ޖެހޭ މީހުންގެ އަދަދު ގިނަވެ އެގައުމުގެ ހެލްތު މިނިސްޓްރީން އެޗްއައިވީ ގެ އައުޓްބްރޭކް އިއުލާނު ކޮށްފިއެވެ.

ފިިޖީގައި އެއިޑްސް ޖެހޭ މީހުންގެ އަދަދު ގިނަވެ އެގައުމުގެ ހެލްތު މިނިސްޓްރީން އެޗްއައިވީ ގެ އައުޓްބްރޭކް އިއުލާނު ކޮށްފިއެވެ.

އެގައުމުގެ ހެލްތު މިނިސްޓަރ އެޓޯނިއޯ ލަލަބަލަވޫ ވިދާޅުވެފައިވާގޮތުން މިދިޔަ އަހަރުގެ ޖެނުއަރީއާއި ސެޕްޓެމްބަރ އާއި ދެމެދު 1093 އެޗްއައިވީ ކޭސް ރެކޯޑް ކުރެވިފައިވެއެވެ. އަދި ބަލި ޖެހިފައިވައިވާ މީހުންގެ ތެރޭގައި އެއްމެ ގިނަ އަދަދަކަށް ހިމެނެނީ 20 އަހަރާއި 29 އަހަރާއި ދެމެދުގެ މީހުންނެވެ. މީގެ ތެރޭގައި 784 ފިރިހެނުން ހިމެނެއެވެ.

ރިޕޯޓްތައް ބުނެފައިވާ ގޮތުން މިދިޔަ އަހަރު އެގައުމުން އެއިޑްސްގެ ބަލީގައި 34 މީހުން މަރުވެފައިވެއެވެ. އަދި އެ ބަލި އެގައުމުގައި އެހާ ބާރަށް ފެތުރެން ފަށާފައިވަނީ މަސްތުވާތަކެތި ބޭނުންކުރުމަށް ހިންގާ އަމަލުތަކުގެ ސަބަބުން ކަމަށްވެސް ރިޕޯޓްތައް ބުނެފައިވެއެވެ.

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ