މާލެ: 31°C

ފެޑަރަލް ބޭން ލަސްކުރާނެކަމަށް ޓްރަމްޕް ވިދާޅުވުމާއެކު ޓިކްޓޮކް އެނބުރި އެމެރިކާއަށް

January 20, 2025
215 ފަހަރު ބަލާފައި
ފެޑަރަލް ބޭން ލަސްކުރާނެކަމަށް ޓްރަމްޕް ވިދާޅުވުމާއެކު ޓިކްޓޮކް އެނބުރި އެމެރިކާއަށް
ފެޑަރަލް ބޭން ލަސްކުރާނެކަމަށް މިއަދު އެމެރިކާގެ ރައީސްކަމުގެ ހުވާކުރައްވާ އިންތިހާބީ ރައީ ޑޮނާލްޑް ޓްރަމްޕް ވިދާޅުވުމާއެކު ޓިކްޓޮކް އެޕްސާވިސް އެނބުރި އެމެރިކާއަށް ދޭން ފަށައިފިއެވެ.

ފެޑަރަލް ބޭން ލަސްކުރާނެކަމަށް މިއަދު އެމެރިކާގެ ރައީސްކަމުގެ ހުވާކުރައްވާ އިންތިހާބީ ރައީ ޑޮނާލްޑް ޓްރަމްޕް ވިދާޅުވުމާއެކު ޓިކްޓޮކް އެޕްސާވިސް އެނބުރި އެމެރިކާއަށް ދޭން ފަށައިފިއެވެ.

ރައީސް ބައިޑަންގެ ސަރުކާރުގެ ނިންމެވުމަކާ ގުޅިގެން ޓިކްޓޮކް އިން އެމެރިކާގެ ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލާ ގައި އެމެރިކާގެ ފެޑަރަލް ނިންމުމަކީ ގައުމީ ސަލާމަތައް ނުރައްކާވާ ކަމަކާ ގުޅޭ ނިންމެވެމެއްނަމަ ޓިކްޓޮކް މަނާ ކުރެވިދާނެކަމަށް ހުކުމް ކުރުމާއެކު އިއްޔެ ވަނީ އެމެރިކާއަށް ޓިކްކޮޓް ބޭން ކޮށްފައެވެ.

ޗައިނާގެ ސޯޝަލް މީޑިއާ ކުންފުނި ބައިޓްޑާންސް އިން ނެރުނު ބަޔާނެއްގައި ބުނީ، ހިދުމަތް ދޭ ކުންފުނިތަކާ އެކު އެއްބަސްވުމުގެ ދަށުން ޓިކްޓޮކްގެ ހިދުމަތް އަލުން އިއާދަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެމެރިކާގެ 170 މިލިއަނަށް ވުރެ ގިނަ މީހުންނަށް ޓިކްޓޮކް ފޯރުކޮށްދީ، ހަތް މިލިއަނަށް ވުރެ ގިނަ ކުދި ވިޔަފާރިތައް ކުރިއެރުވުމަށް ފުރުސަތު ދިނުމުގައި އެއްވެސް ޖޫރިމަނާއަކާ ކުރިމަތި ނުވާނެ ކަމުގެ ޔަގީންކަން ރައީސް ޓްރަމްޕަށް ދެއްވި ކަމަށްޓަކައި ރައީސް ޓްރަމްޕަށް އެ ކުންފުނިންވަނީ ޥޝުކުރުދަންނަވާފައެވެ.

މިކަން އިއުލާނުކުރީ އެމެރިކާގައި މި އެޕްލިކޭޝަންގެ މުސްތަގުބަލް ރައްކާތެރި ކުރުމުގެ ގޮތުން ރައީސް ޓްރަމްޕް އާދީއްތަ ދުވަހު ޓްރޫތު ސޯޝަލްގައި ހިއްސާކުރެއްވި ހުށަހެޅުމަކާ ގުޅިގެންނެވެ. 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ