ފަސްވަނަ ދައުރަކަށް ވެސް ޝެއިޚް ހަސީނާ ހޮވިއްޖެ

ފަސްވަނަ ދައުރަކަށް ވެސް ޝެއިޚް ހަސީނާ ހޮވިއްޖެ
ލިޔުން:
ބަންލަދޭޝްގެ ބޮޑުވަޒީރުކަމުގެ ފަސް ވަނަ ދައުރު ޝެއިޚް ހަސީނާ ކަށަވަރުކުރައްވައިފި އެވެ.
ބަންގްލަދޭޝްގެ ޢާންމު އިންތިހާބުގެ ވޯޓުލުން އިއްޔެ ނިމިފައިވާއިރު، ވޯޓުލާފައި ވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން އެންމެ 40 އިންސައްތަ މީހުން ކަން އެ ގައުމުގެ އިންތިހާބީ އިދާރާއިން ވަނީ ބުނެފައެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 120 މިލިޔަނަށް އެރި ނަމަވެސް، މަދު އަދަދެއްގެ ބަޔަކު އިންތިހާބުގައި ބައިވެރިވެފައި ވަނީ ބަންގްލަދޭޝްގެ އިދިކޮޅު ޕާޓީން އިންތިހާބު ބޮއިކޮޓް ކުރުމާ ގުޅިގެންނެވެ.
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާގެ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ން އިންތިޚާބު ބޮއިކޮޓް ކޮށްފައިވާއިރު، ވޯޓުގެ ކުރިން ބަންގްލަދޭޝްގެ އެކި ކަންކޮޅުތަކުގައި ހަމަނުޖެހުންތަކެއް ހިނގާފައިވެއެވެ. ވޯޓުލާ ބައެއް މަރުކަޒުތަކުގައި ހުޅުޖަހައި ޙަމަލަދީފައިވާއިރު، ރޭލެއްގައި ވެސް ރޯކޮށްލާފައިވެއެވެ. އެ ހާދިސާގައި ހަތަރު މީހަކު ފިހިގެން މަރުވިވެފައިވާއިރު، އޭގެ ތެރޭގައި ކުޑަ ދެ ކުދިން ވެސް ހިމެނެއެވެ.
ވޯޓުލާ ހަތް މަރުކަޒެއްގައި ވޯޓުލުން ހުއްޓައިލަން ޖެހުނު ކަމުގައި ވެސް ރިޕޯޓުތައް ބުނެއެވެ. އަދި، މަސްލަޙަތު ނަގައިލާ އަމަން ބަލަހައްޓާ އޮފިސަރަކަށް ބިރުދެއްކުމާ ގުޅިގެން ވެރިކަން ކުރާ އަވާމީ ލީގުގެ ކެނޑިޑޭޓެއްގެ ކެނޑިޑެސީ ބާޠިލު ކުރަން ޖެހުނު ކަމުގައި ވެސް އެ ޤައުމުގެ އިންތިޚާބީ އިދާރާއިން ހާމަކުރިއެވެ.
މިއީ، 1971 ވަނަ އަހަރު ބަންގްލަދޭޝަށް މިނިވަން ކަން ލިބުނު ފަހުން އެ ޤައުމުގައި އާންމު އިންތިޚާބެއް ބާއްވާފައިވާ 12 ވަނަ ފަހަރެވެ. ފާއިތުވި 15 އަހަރު ބަންގްލަދޭޝްގައި ވެރިކަން ކުރައްވާފައިވަނީ ޝޭޚް ހަސީނާ އެވެ.
މިކަމާ ގުޅިގެން ، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާތަކުން ތަނީ ފާޑުކިޔަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
