މާލެ: 31°C

ފަރުވާދިނުން ލަސްވެ އިޒްރޭލު ޖަލުގައި ފަލަސްތީނުގެ ގައިދީއަކު މަރުވެއްޖެ

February 11, 2023
2 ފަހަރު ބަލާފައި
ފަރުވާދިނުން ލަސްވެ އިޒްރޭލު ޖަލުގައި ފަލަސްތީނުގެ ގައިދީއަކު މަރުވެއްޖެ
ފަރުވާދިނުން ލަސްވެ އިޒްރޭލު ޖަލުގައި ފަލަސްތީނުގެ ގައިދީއަކު މަރުވެއްޖެ
ފަރުވާ ދިނުން ލަސްވެ ކޯމާއަކަށް ވެއްޓި ފަލަސްތީނުގެ މީހަކު އިޒްރޭލުގެ ބެލުމުގެ ދަށުގައި މަރުވެއްޖެއެވެ. އުމުރުން 48 އަހަރުގެ އަހްމަދު އަބޫ އަލީ ނަމަކަށް ކިޔާ މީހާ ހުކުރު ދުވަހުގެ ހެނދުނު ދެކުނު ނަކަބް ސަރަހައްދު ގައި ހުންނަ އިސްރާއީލުގެ ސޮރޯކާ ހޮސްޕިޓަލުގައެވެ. ފަލަސްތީނުގެ ޕްރިޒަނާސް ސޮސައިޓީ (ޕީޕީއެސް) އިން ބުނި ގޮތުގައި އަބޫ އަލީ އަކީ ހިތުގެ މައްސަލަތަކާއި ހަކުރު ބަލީގެ މައްސަލަތައް ހުންނަ މީހެއް ކަމަށެވެ. އަބޫ އަލީގެ މަރާ ގުޅިގެން ފަލަސްތީނުގެ ގައިދީންގެ ހަރަކާތުން ވަނީ ހުކުރު ދުވަހުގެ ހެނދުނު "އެލާޓް" އިއުލާނުކޮށްފައެވެ. އެއް ދުވަހުގެ ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރުމަށާއި ޖަލުގެ ވެރިންނަށް އެއްބާރުލުން ދިނުމަށް ދެކޮޅު ހެދުމުގެ ހަރަކާތެއް ހިންގާފައެވެ. ޕީޕީއެސް އިން އަލްޖަޒީރާއަށް މައުލޫމާތު ދިން ގޮތުގައި ނުވަ ކުދިންގެ ބައްޕައެއް ކަމަށްވާ އަބޫ އަލީ އޭނާގެ ގޮޅީގައި ހުއްޓާ ކޯމާއަކަށް ދިޔުމުން ހޮސްޕިޓަލަށް ބަދަލުކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއް ގައި ކަމަށެވެ. ގައިދީ ގްރޫޕުން ބުނީ އޭނާ މަރުވީ އިޒްރޭލުގެ ޖަލު އޮފިޝަލުންގެ އިހުމާލުން ކަމަށާއި އޭނާގެ މަރުގެ ޒިންމާ އިޒްރޭލުން ނަގަން ޖެހޭ ކަމަށެވެ. ޕީޕީއެސް އިން ނެރުނު ބަޔާނެއްގައި ޖަލުގެ އިދާރާތަކުން އޭނާއަށް ބޭނުންވާ ފަރުވާދިނުމާއި މެޑިކަލް ޓެސްޓު ހެދުމާއި ސިއްހީ ހާލަތާ ގުޅޭ ގޮތުން އަމަލުކުރުން ލަސްވެފައިވާ ކަމަށެވެ. "ޖަލުގައި އެކަށީގެންވާ އަޅާލުމެއް ނެތް،" ޕީޕީއެސްގެ ތަރުޖަމާނު އަމާނީ ސަރަނެހް ވިދާޅުވިއެވެ. "އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ގަވާއިދުން ފޮލޯއަޕް ހަދަން ނޫން - މިއީ ހުރިހާ  ގައިދީންނަށް ވެސް ދިމާވާ ކަމެއް. މެޑިކަލް ޗެކަޕްތަކާއި ސާޖަރީތަކަށް އެތައް މަހެއް އަދި ބައެއް ފަހަރު އެތައް އަހަރެއް ވަންދެން އިންތިޒާރު ކުރަން ޖެހޭ، ބައެއް ފަހަރު އެކަންކަން ކުރަނީ ގައިދީން އަމިއްލައަށް ނުވަތަ ވަކީލުންގެ ޕްރެޝަރުގެ ސަބަބުން" އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި އަމާނީ ވިދާޅުވިއެވެ. 1967 ވަނަ އަހަރުން ފެށިގެން މިހާތަނަށް އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ 235 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ