ޕިއްޒާ އެންމެ ފުރަތަމަ ހަދަން ފެށި ރަށް، ނޭޕުލްސް. ފޮޓޯ:އެންސައިކްލޮޕީޑިއާ ބްރިޓޭނިކާ[/caption]
ވަޒީފާގެ ފުރުސަތު ފުޅާވުމާއި ގުޅިގެން 19 އަދި 20 ވަނަ ގަރުނުގެ ކުރީކޮޅު ނޭޕްލްސްގެ މީހުންނާއި ޔޫރަޕްގެ އެތައް މިލިއަން ބަޔަކު އަންނަމުން ދިޔަ ކަމަށް ވެއެވެ. އެކަމަކު ނިސްބަތުން އަވަހަށް ޕިއްޒާގެ ރަހަތަކާއި މީރުވަސްތައް ނިއަޕޮލިޓަން ނޫން މީހުންނާއި އިޓަލީ ނޫން މީހުންނަށް ވެސް ޝައުގުވެރިވާން ފެށިއެވެ.
އެމެރިކާއަށް ޕިއްޒާ ތައާރަފްވީ ވަޒީފާއާއި އެހެނިހެން ފުރުސަތު ހޯދުމަށް ޓަކައި ނޭޕުލްސް އާއި އިޓަލީ އަދި ޔޫރަޕްގެ އެހެން ހިސާބުތަކުން އެތައް ބަޔަކު އެމެރިކާއަށް ހިޖުރަކުރުމުގެ ތެރެއިންނެވެ. އިޓަލީ ފިޔަވައި އެހެން ގައުމުތަކުގެ މީހުންނަށް ޕިއްޒާ ތައާރަފްވީ 19 ވަނަ ގަރުނާއި 20 އެގޮތަށް އެމެރިކާއަށް ހިޖުރަކުރި މީހުންގެ ފަރާތުންނެވެ. ކުރު ގޮތަކަށް ބުނާ ނަމަ ޕިއްޒާއަށް މިހާރު ލިބިފައި މިވާ މަޝްހޫރުކަން ފެށުނީ އެމެރިކާއިންނެވެ.
ފަގީރުންގެ ކާނާއަކުން މަގުބޫލު އެއްޗަކަށް، ޕިއްޒާގެ ތާރީޚު!

ފަގީރުންގެ ކާނާއަކުން މަގުބޫލު އެއްޗަކަށް، ޕިއްޒާގެ ތާރީޚު!
ލިޔުން:
ޕިއްޒާއަކީ ދިގު ތާރީހެއް އޮތް އެއްޗެކެވެ. ތަފާތު ބާވަތްތައް ތުނި ޕާނެއް ގެ މައްޗަށް އަޅައިގެން ކެއުމަކީ ގަދީމީ މިސްރު މީހުންނާއި، ރޯމަނުންނާއި އަދި ޔޫނާނީން ވެސް ކޮށް އުޅުނު ކަމެކެވެ. ޕިއްޒާގެ ފެށުމަކީ އެއީ ކަމަށް ވެދާނެ އެވެ. އެކަމަކު މިހާރު މުޅި ދުނިޔޭގައި ވެސް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ޕިއްޒާގެ އުފަން ތަނަކީ އިޓަލީގެ ހުޅަނގު ދެކުނުގެ ކެމްޕޭނިއާ ސަރަހައްދެވެ. އިޓަލީގެ މަޝްހޫރު ޝަހަރެއް ކަމަށްވާ ނޭޕުލްސް އޮންނަނީ އެ ސަރަހައްދުގަ އެވެ.
ހިސްޓްރީ ޑޮޓްކޮމްގައި އޮތް ލިއުމެއްގައިވާ ގޮތުން، 600 ބީސީގައި ގްރީކް މީހުން ވަޒަންވެރިވެ، އެގޮތުން އުފެދުނު ނޭޕުލްސް އަކީ މީލާދީން 1700 ގެ އަހަރުތަކާއި 1800 ގެ އަހަރުތަކުގެ ކުރީކޮޅާ ހަމަައަށް އައި އިރު ކުރި އަރާފައި އޮތް އައްސޭރިފަށުގެ ޝަހަރެކެވެ. . އެގޮތުން މިނިވަން ރަސްކަމެއް އޮތް ނަމަވެސް މަސައްކަތްތެރި ފަގީރުން ނުވަތަ "ލަޒާރޯނީ" އިންގެ ގިނަ ބަޔަކު އުޅެން ޖެހުނު ހާލުގެ ސަބަބުން ނޭޕުލްސް އަަށް އޭރު ލިބިފައި އޮތީ ހުތުރު ނަމެކެވެ."
"އެމީހުން ގިނައިން ދިރިއުޅެން ޖެހުނީ ގެއިން ބޭރުގައި ނުވަތަ އެންމެ ކޮޓަރިއެއް ވަރުވާ ކުދިކުދި ގެތަކުގައި،" ލިޔުންތެރިޔާ އަދި އެސޯސިއޭޓް ޕްރޮފެސަރު ކެރޯލް ހެލްސްޓޮސްކީ ހިސްޓްރީ ޑޮޓްކޮމް އަށް ވިދާޅުވެފައި ވެ އެވެ. .
އޭނާ އަކީ "ޕިއްޒާ، އަ ގްލޯބަލް ހިސްޓްރީ" ނަމަކަށް ކިޔާ ފޮތުގެ މުސައްނިފު އަދި އެމެރިކާގެ ޔުނިވާސިޓީ އޮފް ޑެންވާގައި ތާރީހީ ރޮނގުން އެސޯސިއޭޓެޑްގެ ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ބޭފުޅެކެވެ.
ހެލްސްޓޮސްކީ ވިދާޅުވާ ގޮތުގައި ނޭޕުލްސްގެ ފަގީރު މަސައްކަތްތެރިންނަށް އެގޮތުން ބޭނުންވީ އަވަހަށް ކެވޭ އަގުހެޔޮ ކާނާ އެކެވެ. ޕިއްޒާ އަކީ ކޮންމެ ކެއުމަކަށް ވެސް ކެވޭ އަދި މަގުމަތީގައި އެއްޗިހި ވިއްކާ މީހުންގެ އަތުްނާއި ނުރަސްމީ ރެސްޓޯރެންޓްތަކުންވެސް ގަންނަން ލިބޭފަދަ ތައްޔާރުކޮށްލަން ފަސޭހަ އެއްޗެކެވެ. ހެލްސްޓޮސްކީ ވިދާޅުވެފައިވާ ގޮތުގައި އިޓަލީގެ ބައެއް ލިޔުންތެރިން، ލަޒަރޯނީންގެ ކެއުމުގެ އެ އާދައަކީ "ފަކުރު" ކަމެއް ކަމަށް ވެސް ސިފަކޮށްފައި އެބަ ހުއްޓެވެ. ނޭޕްލްސްގެ ފަގީރުން އޭރު ކޭ ޕިއްޒާއަށް އަޅަނީ މިހާރު މީހުންނަށް ވަރަށް ކަމުދާ ބާވަތްތައް ކަމަށްވާ ޓޮމާޓޯއާއި ޗީޒާއި ތެލާއި ލޮނުމެދު ފަދަ ބާވަތްތަކެވެ.
މި ޒަމާނުގައި އިޓަލީ އުފެދި، ކުރިން ވަކިވަކިން ހުރި ތަންތަން އެއް ވެރިކަަމެއްގެ ދަށް އައީ 1861 ގަ އެވެ. ބުނެވޭ ގޮތުގައި އިޓަލީގެ ރަސްގެފާނު އަމްބާޓޯ އާއި ރާނީީ މަރްގަރިޓާ 1889 ވަނަ އަހަރު ނޭޕްލްސް އަށް ކުރުއްވި ދަތުރުފުޅެއްގައި ޕިއްޒާގެ ރަހަ ބެއްލެވީ އެ ދެބޭފުޅުން އޭރު އޭރު ކޭންބައްލަވަމުން ގެންދެެވި ފްރެންޗް ހޯޓް ކެއުންތަކާ މެދު ފޫހިފުޅުވެގެންނެވެ. އެ ދެބޭފުޅުން ރަހަ ބެއްލެވީ 1760 ވަނަ އަހަރު އުފެދުނު ޕިއްޒާ ފިހާރައެއް ކަމަށްވާ "ޑާ ޕިއެޓްރޯ ޕިއްޒޭރިއާރ" އިން ބައްލަވައިގެންނެވި ޕިއްޒާ އެކެވެ. ރަހަ ބެއްލެވި ޕިއްޒާތަކުގެ ތެރެއިން ރާނީ މަރުގަރީޓާ އެންމެ ކަމުދިޔައީ ޕިއްޒާ މޮޒާރެލާ ނަމަކަށް ކިޔާ ބާވަތެކެވެ. ،އެއީ މަޑު ހުދު ޗީޒާއި ރަތް ޓޮމާޓޯ އަދި ފެހި ބެސިލް އަޅައިގެން ހަދާ ބާވަތެކެވެ. އެގޮތުން އެކަމަކާއަށް އެންމެ ކަމުދިޔަ ބާވަތުގައި ހުރީ އިޓަލީގެ ދިދައިގެ ކުލަ ތަކެވެ. ރާނީ މަރްގަރިޓާ އަށް އެ ބާވަތް ކަމުދިޔަ ވަރުން، އެ ބާވަތަށް ފަހުން ނަން ދިނީ ވެސް ރާނީގެ ނަމުންނެވެ. އެއީ "ޕިއްޒާ މަރްގަރިޓާ" އެވެ. އިޓަލީގައި ޕިއްޒާ މަޝްހޫރުވާން ފެށީ އެހިސާބުންނެވެ.
[caption id="attachment_84894" align="aligncenter" width="1129"]
ޕިއްޒާ އެންމެ ފުރަތަމަ ހަދަން ފެށި ރަށް، ނޭޕުލްސް. ފޮޓޯ:އެންސައިކްލޮޕީޑިއާ ބްރިޓޭނިކާ[/caption]
ވަޒީފާގެ ފުރުސަތު ފުޅާވުމާއި ގުޅިގެން 19 އަދި 20 ވަނަ ގަރުނުގެ ކުރީކޮޅު ނޭޕްލްސްގެ މީހުންނާއި ޔޫރަޕްގެ އެތައް މިލިއަން ބަޔަކު އަންނަމުން ދިޔަ ކަމަށް ވެއެވެ. އެކަމަކު ނިސްބަތުން އަވަހަށް ޕިއްޒާގެ ރަހަތަކާއި މީރުވަސްތައް ނިއަޕޮލިޓަން ނޫން މީހުންނާއި އިޓަލީ ނޫން މީހުންނަށް ވެސް ޝައުގުވެރިވާން ފެށިއެވެ.
އެމެރިކާއަށް ޕިއްޒާ ތައާރަފްވީ ވަޒީފާއާއި އެހެނިހެން ފުރުސަތު ހޯދުމަށް ޓަކައި ނޭޕުލްސް އާއި އިޓަލީ އަދި ޔޫރަޕްގެ އެހެން ހިސާބުތަކުން އެތައް ބަޔަކު އެމެރިކާއަށް ހިޖުރަކުރުމުގެ ތެރެއިންނެވެ. އިޓަލީ ފިޔަވައި އެހެން ގައުމުތަކުގެ މީހުންނަށް ޕިއްޒާ ތައާރަފްވީ 19 ވަނަ ގަރުނާއި 20 އެގޮތަށް އެމެރިކާއަށް ހިޖުރަކުރި މީހުންގެ ފަރާތުންނެވެ. ކުރު ގޮތަކަށް ބުނާ ނަމަ ޕިއްޒާއަށް މިހާރު ލިބިފައި މިވާ މަޝްހޫރުކަން ފެށުނީ އެމެރިކާއިންނެވެ.
ޕިއްޒާ އެންމެ ފުރަތަމަ ހަދަން ފެށި ރަށް، ނޭޕުލްސް. ފޮޓޯ:އެންސައިކްލޮޕީޑިއާ ބްރިޓޭނިކާ[/caption]
ވަޒީފާގެ ފުރުސަތު ފުޅާވުމާއި ގުޅިގެން 19 އަދި 20 ވަނަ ގަރުނުގެ ކުރީކޮޅު ނޭޕްލްސްގެ މީހުންނާއި ޔޫރަޕްގެ އެތައް މިލިއަން ބަޔަކު އަންނަމުން ދިޔަ ކަމަށް ވެއެވެ. އެކަމަކު ނިސްބަތުން އަވަހަށް ޕިއްޒާގެ ރަހަތަކާއި މީރުވަސްތައް ނިއަޕޮލިޓަން ނޫން މީހުންނާއި އިޓަލީ ނޫން މީހުންނަށް ވެސް ޝައުގުވެރިވާން ފެށިއެވެ.
އެމެރިކާއަށް ޕިއްޒާ ތައާރަފްވީ ވަޒީފާއާއި އެހެނިހެން ފުރުސަތު ހޯދުމަށް ޓަކައި ނޭޕުލްސް އާއި އިޓަލީ އަދި ޔޫރަޕްގެ އެހެން ހިސާބުތަކުން އެތައް ބަޔަކު އެމެރިކާއަށް ހިޖުރަކުރުމުގެ ތެރެއިންނެވެ. އިޓަލީ ފިޔަވައި އެހެން ގައުމުތަކުގެ މީހުންނަށް ޕިއްޒާ ތައާރަފްވީ 19 ވަނަ ގަރުނާއި 20 އެގޮތަށް އެމެރިކާއަށް ހިޖުރަކުރި މީހުންގެ ފަރާތުންނެވެ. ކުރު ގޮތަކަށް ބުނާ ނަމަ ޕިއްޒާއަށް މިހާރު ލިބިފައި މިވާ މަޝްހޫރުކަން ފެށުނީ އެމެރިކާއިންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މޭޔަރުގެ މަގާމު ނުލިބުނުނަމަ ވިވަގުތު އާދަމް އާޒިމް ހުންނާނެ ކަމަށް ގަބޫލުކުރެވެނީ ސަރުކާރު ކުންފުންޏެއް ހިންގަން

އިންތިހާބު ގިނަވި ވަރަކަށް ރައްޔިތުންނަށްވާ ފައިދާ ބޮޑުވެ، ތަރައްގީ އަވަސްވޭ

ޕީއެންސީގެ މޭޔަރެއް މާލެސިޓީއަށް ގެންނައުމަށްވުރެ، އެޕާޓީން އާޒިމަށް މޭޔަރުކަން ހޯދައިދިނުން ގާތްކަމަށް ގިނަ ބަޔަކު ދެކެނީ ކީއްވެ!

އިންތިހާބުކުރާ މަގާމުތައް މަދުކޮށް އައްޔަނުކުރާ މަގާމުތައް އިތުރުކުރާނަމަ ވެރިއަކަށް އެހުރީ ޑިކްޓޭޓަރެކެވެ!

މީޑިއާއި މެދު ނަތަންޔާހޫ އާއި މުއިއްޒުގެ ވިސްނުން ދާދި އެއްގޮތް

ބީއެމްއެލް އާއި އެމްއޭސީއެލްގައި ހުރި ފައިސާއިން މުއިއްޒުގެ ހުރިހާ ވައުދެއް ފުއްދިދާނެތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
