މާލެ: 31°C

ޔޫރަޕަށް އެތެރެވާން އުޅުނު ހިޖުރަވެރިންގެ ބޯޓެއް އަޑިއަށް ގޮސް 73 މަަރު

February 15, 2023
2 ފަހަރު ބަލާފައި
ޔޫރަޕަށް އެތެރެވާން އުޅުނު ހިޖުރަވެރިންގެ ބޯޓެއް އަޑިއަށް ގޮސް 73 މަަރު
ޔޫރަޕަށް އެތެރެވާން އުޅުނު ހިޖުރަވެރިންގެ ބޯޓެއް އަޑިއަށް ގޮސް 73 މަަރު
ލީބިޔާގެ އައްސޭރިފަށުން ބޯޓު އަޑިއަށް ދިއުމުގެ ސަބަބުން ބޯޓުން ދަތުރުކުރި 73 މީހުން މަރުވެފައިވާ ކަމަށް އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އިން ބުނެފިއެވެ. މިދިޔަ އަންގާރަ ދުވަހު ހިނގި ބޮޓު އަޑިއަށް ދިޔުމުގެ ހާދިސާގައި ސަލާމަތްވީ އެންމެ ހަތް މީހުންނެވެ. މިހާތަނަށް ލީބިޔާގެ ރެޑް ކްރެސެންޓާއި ފުލުހުންނަށް ބޯޓުން ދަތުރުކުރި 11 މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. އެ ބޯޓުގެ ދަތުރުކުރަމުން ދިޔައީ ޔޫރަޕާ ދިމާލަށެވެ. މެޑިޓަރޭނިއަން ކަނޑު ހުރަސްކޮށް ދަތުރެއް ކުރަމުން ދަނިކޮށް މިއަހަރު މިހާތަނަށް 130 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އައިއޯއެމްއިން ބުނީ މިދިޔަ އަހަރު 1450 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ. މި ހާލަތަކީ ކެތްނުކުރެވޭ ވަރުގެ ހާލަތެއް،" އެ ޖަމާއަތުގެ ތަރުޖަމާނު ސަފާ މެސެހްލީ ވިދާޅުވިއެވެ. ސަފާ ވިދާޅުވީ ސާޗް އެންޑް ރެސްކިއު ކެޕޭސިޓީ އިތުރުކުރުމާއި، ސާފު އަދި ރައްކާތެރި ކަމާއެކު ފައިބާނެ ނިޒާމުތައް ގާއިމުކުރުމުގެ އިތުރުން ނުރައްކާތެރި ދަތުރުތައް މަދުކުރުމަށް ހިޖުރަކުރުމަށް ރައްކާތެރި ސަރަހައްދުތައް ގާއިމުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ