ޔޫރަޕަށް އެތެރެވާ ޗައިނާ މީހުންނަށް ފިޔަވަޅުތައް ހަރުކަށިކުރަނީ

ޔޫރަޕަށް އެތެރެވާ ޗައިނާ މީހުންނަށް ފިޔަވަޅުތައް ހަރުކަށިކުރަނީ
ލިޔުން:
ޗައިނާގައި ކޮވިޑް-19 ގެ ހާލަތަށް ރިޔާއަތްކޮށް އެ ގައުމުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ގައުމުތަކަށް އެތެރެވާ މީހުންނަށް އަމަލުކުރާނެ އުސޫލެއް ނުވަތަ އަޅާނެ ފިޔަވަޅުތަކަކާއި މެދު މަޝްވަރާކުރަން ފަށައިފިއެވެ.
ކޮވިޑާ ގުޅިގެން ޗައިނާގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އުވާލުމާއެކު އެ ގައުމު ރައްޔިތުން ގައުމުން ބޭރަށް ދަތުރުކުރަން ވަނީ ފަށާފައެވެ. ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އިޓަލީން އިން ވަނީ ވައިގެ މަގުން އެ ގައުމަށް އެތެރެވާ ޗައިނާ މީހުން ކޮވިޑް ޓެސްޓު ހަދަން މަޖޫބުރުކޮށްފައެވެ.
އީޔޫގެ ހެލްތު ސެކިއުރިޓީ ކޮމިޓީން ބުރާސްފަތި ދުވަހު މަޝްވަރާކޮށްފައި މިވަނީ ޗައިނާގައި ބަލި ފެތުރެމުންދާ މިންވަރާއި ރަސްމީ ތަފާސް ހިސާބުތަކާ މެދު ޝައްކު އުފެދި، އެމެރިކާ، އިންޑިއާ، ޓައިވާން އަދި ޖަޕާން ފަދަ ގައުމުތަކުން ޗައިނާއިން ޒިޔާރަތްކުރާ މީހުންގެ ދަތުރުފަތުރުގެ އާ އުސޫލެއް ތަންފީޒުކުރަން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. އެ ކޮމިޓީން ނިންމާނީ ކޮން ނިންމުންތަކެއް ކަމެއް ސާފެއް ނުވެއެވެ. ނަމަވެސް ޗައިނާގެ ކޮވިޑް "ރާޅު" އާ މެދު އަމަލުކުރާނެ ގޮތާއި މެދު އީޔޫގެ މެމްބަރު ގައުމުތަކުގެ މެދުގައި ހިޔާލު ތަފާތުވުންތައް ވަނީ އުފެދިފައެވެ.
ޖަރުމަނުވިލާތުން ބުދަ ދުވަހު ބުނީ ދަތުރުފަތުރުކުރުމުގައި ޗައިނާ މީހުންނާ އާ ފިޔަވަޅުތަކެއް އެޅުމުގެ ބޭނުމެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ. އޮސްޓްރިއާއިން ވަނީ ޗައިނާގެ ޓޫރިސްޓުން ޔޫރަޕަށް އެނބުރި އައުމުގެ ފުރުސަތުގެ ސަބަބުން އިގްތިސާދީ ގޮތުން ލިބޭނީ އިތުރު ފައިދާތަކެއް ކަމަށް ބުނެފައެވެ.
ފްރާންސްގެ ހެލްތު ރިސްކް ކޮމިޓީގެ މުގައްރިރު ވެސް ވަނީ ޗައިނާއިން އަންނަ މީހުންނާ މެދު ފިޔަވަޅިތައް އެޅުމާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.
"ސައިންޓިފިކް ނަޒަރަކުން ބަލާއިރު ބޯޑަރުގެ ކޮންޓްރޯލްތައް އަނބުރާ ގެންނަން ޖެހޭ ސަބަބެއް ނެތް ... އެކަމަކު ކޮންމެ ދުވަހަކު ވެސް އެކަން ބަދަލުވެދާނެ،" ފްރާންސްގެ ހެލްތު ރިސްކް އެސެސްމަންޓް ކޮމިޓީ ކޯވާސްގެ ވެރިޔާ ބްރިގިޓް އޯޓްރާން ބުރާސްފަތި ދުވަހު ފްރާންސް ރޭޑިއޯ ކްލާސިކް އަށް ވިދާޅުވިއެވެ.
އެޕިޑެމިއޮލޮޖިކަލް ނުރައްކާތަކާ ބެހޭ ގޮތުން ސަރުކާރަށް ލަފާ ދެއްވާ އޯޓްރާން ވިދާޅުވީ މިވަގުތު "ހާލަތު އޮތީ ކޮންޓްރޯލުކުރެވިފައި" ކަމަށާއި ޗައިނާގައި ކޮވިޑްގެ އާ ވޭރިއަންޓްތައް ކަންބޮޑުވާ ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
