މާލެ: 31°C

އެސްޓޯނިއާގެ ރައީސް، ރައީސް ޑރ. މުއިއްޒުއަށް މަރުޙަބާ ދަންނަވައިފި

January 14, 2025
130 ފަހަރު ބަލާފައި
އެސްޓޯނިއާގެ ރައީސް، ރައީސް ޑރ. މުއިއްޒުއަށް މަރުޙަބާ ދަންނަވައިފި
އެސްޓޯނިއާގެ ރައީސް، ރައީސް ޑރ. މުއިއްޒުއަށް މަރުޙަބާ ދަންނަވައިފި
ރައީސް ޑރ. މުހައްމަދު މުޢިއްޒު، އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއްގައި އެ ގައުމަށް ވަޑައިގަތުމުން އެ މަނިކުފާނަށާއި އެ މަނިކުފާނުގެ ވަފުދަށް އެސްޓޯނިއާގެ ރައީސް މަރުހަބާ ދަންނަވައިފިއެވެ. މި ރަސްމިއްޔާތު އޮތީ އެ ގައުމުގެ ރިޔާސީ ގަނޑުވަރުގައެވެ. ‎މި ރަސްމިއްޔާތުގައި އެސްޓޯނިއާގެ އަސްކަރިއްޔާއިން ދެ ގައުމުގެ ގައުމީ ސަލާމް ކުޅެފައިވެއެވެ. އަދި އެޔަށްފަހު ރައީސް  ޑރ. މުއިއްޒާއި އެސްޓޯނިއާގެ ރައީސް ޑޮކްޓަރ ކަރިސް ވަނީ އެ ދެބޭފުޅުންގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވާފައެވެ. ‎މި ރަސްމިއްޔާތުގައި، ރައީސް ޑރ. މުއިއްޒަށް އެސްޓޯނިއާގެ އިއްޒަތްތެރިން މަރުޙަބާ ވިދާޅުވެ ތައާރަފުވެވަޑައިގަތުމަށްފަހު، ދިވެހި ވަފުދުގެ ބޭފުޅުން ރައީސް ޑޮކްޓަރ ކަރިސްއަށް ތައާރަފުކޮށްދެއްވިއެވެ. އަދި ދެ ރައީސުން އެކުގައި ހަނދާނީ ފޮޓޯފުޅެއް ނެންގެވުމަށްފަހު، ގަނޑުވަރުގެ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކުރެއްވިއެވެ. ‎ރައީސް ޑރ. މުއިއްޒު އެސްޓޯނިއާއަށް މި ކުރައްވާ ދަތުރުފުޅުގައި ޑިޖިޓަލް ޓެކްނޮލޮޖީ، ސައިބަރ ސެކިއުރިޓީ، އީ-ގަވަރނަންސް، މޫސުމީ ބަދަލުތަކާއި ތައުލީމީ ދާއިރާއިން ދިވެހިރާއްޖެއާއި އެސްޓޯނިއާއާ ދެމެދު ގުޅުން ބަދަހިކުރުމާއި، ގުޅިގެން މަސައްކަތް ކުރުމަށް އިތުރު ފުރުސަތުތައް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ