މާލެ: 31°C

ހަޔާތުގައި މިހާރު އެންމެ ހިތާމަކުރާކަމަކީ އަނބިމީހާ މިލިންޑާ ވަރިވުން - ބިލް ގޭޓްސް 

January 30, 2025
600 ފަހަރު ބަލާފައި
ހަޔާތުގައި މިހާރު އެންމެ ހިތާމަކުރާކަމަކީ އަނބިމީހާ މިލިންޑާ ވަރިވުން - ބިލް ގޭޓްސް 
ކުރީގެ އަނބިމީހާ މިލިންޑާ 2021 ވަނަ އަހަރު ވަރިވުމަކީ ހަޔާތުގައި މީހާރު އެންމެ ހިތާމަކުރާ ކަން ކަމުގައި މައިކްރޯސޮފްޓްގެ ބާނީ އެމެރިކާގެ ބިލިއަނަރު ބިލް ގޭޓްސް ބުނެފިއެވެ.

ކުރީގެ އަނބިމީހާ މިލިންޑާ 2021 ވަނަ އަހަރު ވަރިވުމަކީ ހަޔާތުގައި މީހާރު އެންމެ ހިތާމަކުރާ ކަންތައް ކަމުގައި މައިކްރޯސޮފްޓްގެ ބާނީ އެމެރިކާގެ ބިލިއަނަރު ބިލް ގޭޓްސް ބުނެފިއެވެ.

އުމުރުން މިހާރު 69 އަހަރުގެ ބިލް ގޭޓްސް ޓައިމްސް އޮފް ލަންޑަން އަށް ދިން އިންޓަރވިއު އެއްގައި ބުނެފައިވަނީ އޭނާ އާއި މިލިންޑާ ފުރަތަމަ ދިމާވެފައިވަނީ 1987 ވަނަ އަހަރުގައި މިލިންޑާ މައިކްރޯސޮފްޓްގެ ޕްރޮޖެކްޓް މެނޭޖަރެއްގެ ވަޒީފާއަށް އައިރު ކަމަށެވެ. އެ ދެމީހުން ކައިވެނިކޮށްފައިވަނީ 1994 ވަނަ އަހަރު ހަވާއީގައެވެ.

ބިލް ގޭޓްސް ބުނެފައިވަނީ އޭނާ އަބަދުވެސް ބޭނުންވި އެއްކަމަކީ އޭނާގެ މައިންބަފައިން ފަދައިން އުމުރު ދުވަހުގައި އެކުގައި އުޅޭ ދެމެފިރިންގެ ގޮތުގައި އޭނާ އިންނަ މީހަކާ އެކު އުޅުންކަމަށެވެ. އަދި ދެމެފިރިޔަކަށް ދަރިން ލިބިފައިވާނަމަ އުމުރުގައި އެ ދެމީހަކު އެކުގައި އުޅުމަކީ އިތުރަށް ހިތްހަމަޖެހުން ލިއްބައިދޭނެކަމެއްކަމަށެވެ.

ބިލް ގޭޓްސް ބުނެފައިވަނީ އޭނާ މިލިންޑާއާ ކައިވެނި ކުރިއިރު އޭނާއަކީ އެހާ ކާމިޔާބު މީހެއް ނޫންކަމާއި އެނާ ކާމިޔާބު މީހަކަށް ވެފައިވަނީ މިލިންޑާއާއި އިނދެގެން އުޅުނު މުއްދަތުގައި ކަމާއި އަދި އޭނާ ކާމިޔާބު މީހަކަށް ހެދުމަށް މިލިންޑާ ގިނަ ގުރުބާނީތަކެއް ވެފައިވާކަމަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ ދެމީހުން ވަރިވުމަށްފަހު އެދަމިފިރިން އުފެއްދި ފައުންޑޭޝަނުން މިލިންޑާ ވަކިވެގެން ދިޔުމަކީވެސް ލިބުނު ހިތްދަތިކަމެއްކަމަށެވެ. 
ބިލް ގޭޓްސް ބުނެފައިވަނީ ހަޔާތުގައި ގިނަ ނާކާމިޔާބީތަކާ ކުރިމަތިލާން ޖެހުނުކަމުގައިވީނަމަވެސް، އެ ނާކާމިޔާބީތަކުގެ ތެރެއިން ހަޔާތަށް އަސަރެއްކުރި ހަމައެކަނި ކަމަކީ އެދެމަފިރިންގެ ވަރިކަމަވެ.  
 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ