މާލެ: 31°C

އެންމެ ފަހުން ވޯޓަކާ ނުލައި ޕެންޝަން އުމުރު މަތިކުރަން ފްރާންސު ސަރުކާރުން ނިންމައިފި

March 17, 2023
2 ފަހަރު ބަލާފައި
އެންމެ ފަހުން ވޯޓަކާ ނުލައި ޕެންޝަން އުމުރު މަތިކުރަން ފްރާންސު ސަރުކާރުން ނިންމައިފި
އެންމެ ފަހުން ވޯޓަކާ ނުލައި ޕެންޝަން އުމުރު މަތިކުރަން ފްރާންސު ސަރުކާރުން ނިންމައިފި
ވޯޓަކާ ނުލައި ޕެންޝަން އިސްލާހުތައް ގެނައުމަށް ފަރަންސޭސި ސަރުކާރުން  ނިންމުމުން ފުލުހުންނާ އާންމުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައިފިއެވެ. ރިޓަޔާކުރާ އުމުރު 62 އަހަރުން 64 އަހަރަށް އުފުލުމާ ގުޅިގެން ޕްލޭސް ޑި ލާ ކޮންކޯޑްއަށް ސޮކެއާ އަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ޖަމާވެ އަޑު އުފުލާފައެވެ. ޕެންޝަންގެ މައްސަލާގައި ސިލްސިލާ މުޒާހަރާތައް ކުރިއަށްދާތާ ދެ މަހެއްހާ ދުވަސް ވެއްޖެއެވެ. އެންމެ ފަހުން ބޮޑުވަޒީރު އެލިސަބެތު ބޯން ވަނީ ގާނޫނު އަސާސީގެ 49:3 ވަނަ މާއްދާގެ ބޭނުން ހިފާފައެވެ. އެ ނިންމުމާއެކު ޕާލިމެންޓުގައި ވޯޓު ނުނަގާ ބިލް ފާސްކުރުމުގެ ބާރު ސަރުކާރަށް ލިބެއެވެ. އެގޮތަށް ނިންމީ ޕެންޝަން ބިލަށް އަގުލަބިއްޔަތު ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތުމުންނެވެ. އެ ނިންމުން ނިންމާފައިވަނީ އެ ވޯޓަށް އަހަން ތާވަލުކުރިތާ މިނެޓެއް ކުރިންނެވެ. ސަރުކާރު ހިންގާ ކޯލިޝަނަށް އެސެމްބްލީގެ އަގުލަބިއްޔަތެއް ނެތުމުން ޕެންޝަނަށް ގެނައި ބަދަލުތައް ފާސްކުރުމަށް ރިޕަބްލިކަން ޕާޓީގެ ތާއީދު ބޭނުންވާނެއެވެ. އެކަމާ ގުޅިގެން އިދިކޮޅު ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ނުރުހުން އުފެދިފައެވެ. . ރައީސް އިމަނުއެލް މެކްރޮންގެ ސަރުކާރާ ދެކޮޅަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާނެ ކަމަށް އިދިކޮޅު ލީޑަރު މެރިން ލެ ޕެން ވަނީ ވިދާޅުވެފައެވެ. މުޒާހަރާގެ ބައިވެރިންނާ ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ބައެއް ތަންތަނުގައި ރޯކޮށްލާފައިވާއިރު ފުލުހުން ވަނީ މުޒާހަރާ ކޮންޓްރޯލް ކުރަން ކަރުނަ ގޭސް ބޭނުންކޮށްފައެވެ. ޕެރިސްގެ ފުލުހުން އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން ބުނީ މުޒާހަރާއިން 120 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ކޮންފެޑެރޭޝަން ގެނެރަލް ޑޫ ޓްރަވައިލް (ސީޖީޓީ) އިން ބުނީ މި މަހުގެ 23 ވަނަ ދުވަހު އިތުރު މުޒާހަރާއެއް ބާއްވަން ރާވަމުން އަންނަ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ