އެންމެ ފަހުން އަމްރިތްޕާލް ސިންގް ހައްޔަރުކޮށްފި

އެންމެ ފަހުން އަމްރިތްޕާލް ސިންގް ހައްޔަރުކޮށްފި
ލިޔުން:
ސިކުންގެ މިނިވަން ކަމަށް ވަކާލާތުކޮށް އަޑު އުފުލަމުންދާ އަމްރިތުޕާލް ސިންގް ހައްޔަރުކޮށްފިއެވެ.
ފުލުހުން އޭނާ ހޯދަމުން އައި "ހާލިސްތާން" ހަރަކާތަށް ތާއިދުކުރާ ކަމުގެ ތުހުމަތުގައެވެ. ހާލިސްތާން ހަރަކާތަކީ ޕަންޖާބު ސަރަޙައްދުގައި ސިޔާދަތީ ދައުލަތެއް އުފައްދައި، ސިކުންނަށް އަމިއްލަ ވަޒަނެއް އުފައްދަން މަސައްކަތްކުރާ ވަކިވެގަތުމުގެ ހަރަކާތެކެވެ.
އަމްރިތްޕާލް އާއި އޭނާގެ ސަޕޯޓަރުންގެ މައްޗަށް ވަނީ ފުލުހުން މަރާލަން އުޅުމާއި ހަމަލާދިން ކަމުގެ ތުހުމަތުކޮށްފައެވެ.
އުމުރުން 30 އަހަރުގެ އަމްރިތްޕާލް ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ފިލައިގެން އުޅޭތާ މަހެއްހާ ދުވަސް ފަހުންނެވެ. ޕަންޖާބު ފުލުހުންގެ އޮފިޝަލުން ޓްވިޓާގައި ވަނީ އޭނާ ހައްޔަރުކުރިކަން ކަށަވަރުކޮށްދީފައެވެ.
ޕަންޖާބުގެ މޮގާ ޑިސްޓްރިކްޓްގެ ރޯޑޭ ވިލެޖުން ސިންގް ހައްޔަރުކޮށްފައިވާއިރު، އޭނާ ބަންދުކޮށްފައި ވަނީ ނޭޝަނަލް ސެކިއުރިޓީ އެކްޓް (އެންއެސްއޭ) ގެ ދަށުން އެއް އަހަރު ވަންދެން އެއްވެސް ދައުވާއަކާ ނުލައި މީހުން ބަންދުގައި ބެހެއްޓޭނެ ގޮތަށެވެ.
އޭނާ ގެންދިއުމަށް ހަމަޖެހިފައިވަނީ އާސާމް ސްޓޭޓްގެ ހައި ސެކިއުރިޓީ ޑިބްރޫގަރް ޖަލަށެވެ. އެތަނުގައި އޭނާގެ ބައެއް ސަޕޯޓަރުން ވެސް ބައިތިއްބާފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
