މާލެ: 31°C

 ޗައިނާއިން އެތެރެކުރާ އިލެކްޓްރިލް ވެހިކަލްތަކަށް އީޔޫއިން ޓެރިފް ބޮޑުކުރުމުން އީލަން މަސްކްގެ ޓެސްލާއިން ޔޫރަޕްއިން ޔޫނިއަން އާ ދެކޮޅަށް ކޯޓަށް 

January 27, 2025
319 ފަހަރު ބަލާފައި
 ޗައިނާއިން އެތެރެކުރާ އިލެކްޓްރިލް ވެހިކަލްތަކަށް އީޔޫއިން ޓެރިފް ބޮޑުކުރުމުން އީލަން މަސްކްގެ ޓެސްލާއިން ޔޫރަޕްއިން ޔޫނިއަން އާ ދެކޮޅަށް ކޯޓަށް 
ޗައިނާއިން އީ.ޔޫ ގައުމުތަކަށް އެތެރެކުރާ އިލެކްޓްރިލް ވހިކަލްތަކަށް ޓެރިފް ބޮޑުކުރުމުން އީ.ޔޫ.އާ ދެކޮޅަށް އިލެކްޓްރިކް ކާރު އުފައްދާ މަޝްއޫރު ކުންފުނި ޓެސްލާއިން ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

ޗައިނާއިން އީ.ޔޫ ގައުމުތަކަށް އެތެރެކުރާ އިލެކްޓްރިލް ވެހިކަލްތަކަށް ޓެރިފް ބޮޑުކުރުމުން އީ.ޔޫ.އާ ދެކޮޅަށް އިލެކްޓްރިކް ކާރު އުފައްދާ މަޝްއޫރު ކުންފުނި ޓެސްލާއިން ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ. 

ޔޫރަޕިއަން ކޯޓް އޮފް ޖަސްޓިސް އިން ވަނީ ޓެސްލާގެ ޝަންގހައި ސަބްސިޑިއަރީ އިން  އީ.ޔޫ އާ ދެކޮޅަށް ދަޢުވާއެއް ވައްދާފައިވާކަން މިއަދު ކަށަވަރުކޮށްދީފައެވެ.  
މާލީ ދިރާސާތައް ކުރާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި މި ދައުވާއަކީ ޖަރުމަނުގެ ބީ.އެމް.ޑަބްލިއު. އަދި ގިނަ ޗައިނާ ކުންފުނިތަކުން އީ.ޔޫ އަށް ދެކޮޅަށް މީގެ ކުރިން ކޮށްފައިވާ ދައުވާތަކާ އެއްގޮތް ދަޢުވާއެއް ކަމަށެވެ.

މިދިޔަ އޮކްޓޯބަރު މަހުން ފެށީގެން އީ.ޔޫ އިންވަނީ އެންޓި-ސަބްސިޑީ ޓެރިފްގެ ގޮތުގައި އިލެކްޓްރިކް ވެހިކަލް އީ.ޔޫ އަށް އެތެރެކުރުމަށް ޓެސްލާއަށް 7.8 އިންސައްތައިގެ ޓެރިފް އެއް އަދި ޗައިނާގެ އެހެން ބައެއް ކުންފުނިތަކަށް 35.3 އިންސައްތައިގެ ޓެރިފް އެއް ދައްކަންޖެހޭ ގޮތަށް ކަނޑައަޅާފައެވެ.

އީ.ޔޫ އިން މި ނިންމުން ނިންމާފައިވަނީ 2023 ވަނަ އަހަރު ކުރި ތަހުޤީގަކަށްފަހު ޗައިނާ އިން އެގައުމުގެ  އިލެކްޓްރި ވެހިކަލް އުފައްދާ އިންޑަސްޓްރީއަށް ނާޖާއިޒް ފައިދާތަކެއް ފޯރުކޮށްދޭކަމާއި އެ ގޮތުން އެފަރާތްތަކަށް ސޮފްޓް ލޯންތައް ހަމަޖައްސަ ދިނުމާއި، އަގުހެޔޮކޮށް ބިންތައް ދޫކުރާކަމާއި ސަޕްލަޔަރުންނަށް ސްބްސިޑީ ފޯރުކޮށްދޭކަމަށް އެ ތަހުޤީގުން އެނގިފައިވާކަމަށް އީ.ޔޫ.އިން ބުނެއެވެ.

މިދަޔަ އަހަރު އީ.ޔޫ ގައުމުތަކުގައި ވިއްކާފައިވާ އިލެކްޓްރިކް ކާރުގެ ތެރެއިން ފަސްބައިކުޅަ އެއްބައި ނުވަތަ 300،000 ކާރަކީ ޗައިނާގައި އުފައްދާފައިވާ ކާރެވެ. އަދި މީގެ ތެރެއިން 28 އިންސައްތައަކީ ޓެސްލާއިން އުފައްދާފައިވާ ކާރެވެ. 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ