އިކުއެޑޯއަށް އައި ބިންހެލުމުގައި 12 މީހުން މަރުވެއްޖެ

އިކުއެޑޯއަށް އައި ބިންހެލުމުގައި 12 މީހުން މަރުވެއްޖެ
ލިޔުން:
އިކުއެޑޯގެ ދެކުނު އައްސޭރިފަށަށް އައި ބާރުގަދަ ބިންހެލުމުގައި 12 މީހުން މަރުވެއްޖެއެވެ.
6.7 މެގްނިޓިއުޑްގެ ބިންހެލުމާ ގުޅިގެން ބައެއް ސިޓީތަކުގެ އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ދެކުނުގެ ޕްރޮވިންސް ކަމަށްވާ އެލް އޯރޯއަށް އެންމެ ބޮޑަށް އަސަރުކޮށްފައިވާއިރު، އެމަޖެންސީ ސާވިސްއިން ވަނީ ވެއްޓިފައިވާ ގެތަކުގެ ތެރޭގައި މީހުން ތާށިވެފައި ތިބި ކަމަށް ބުނެފައެވެ. އޭގެ ތެރޭގައި އެލް އޯރޯއިން 11 މީހަކު އަދި އަޒޫއޭ ޕްރޮވިންސުން އެކަކު މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
އިމާރާތްތަކަށާއި ވެހިކަލްތަކަށް ގެއްލުންލިބުނު ސިޓީތަކުގެ ތެރޭގައި މަޗަލާ އާއި ކުއެންކާ ހިމެނެއެވެ. މި ބިންހެލުން އައިސްފައިވަނީ އިކުއެޑޯގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ގުއާކިލްއާ ގާތްގަނޑަކަށް 50 މޭލު (80 ކިލޯމީޓަރު) ދުރުގައި އޮންނަ ބާލާއޯ ކައިރިއަށެވެ. އިކުއެޑޯގެ ރައީސް ގުއިލެރްމޯ ލާސޯ ވަނީ އޮފިޝަލުން ގެއްލުންތައް ދެނެގަތުމުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުން ކަންބޮޑުނުވާން އިލްތިމާސް ކުރައްވާފައެވެ.
"އިމަޖެންސީ ޓީމުތަކުން ދަނީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ހުރިހާ އެއްބާރުލުމެއް ދިނުމަށް މޮބިލައިޒް ކުރަމުން،" އޭނާ ވިދާޅުވިއެވެ. ރައީސް އޮފީހުން ވެސް ވަނީ ޒަހަމްވި މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަން ކަށަވަރުކޮށްދީފައެވެ.
ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ބައެއް މަގުތައް ބަންދުވެފައިވާއިރު، ބައެއް ގެތަކަށާއި ތައުލީމީ އިމާރާތްތަކަށާއި ސިއްހީ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. މަނަބީ، މަންޓާ އަދި ވެރިރަށް ކުއިޓޯ ފަދަ އެހެން ބައެއް ސިޓީތަކަށް ވެސް ބިންހެލުން އިހުސާސް ކުރެވޭ ކަމުގެ ރިޕޯޓްތައް ވަނީ ލިބިފައެވެ. މިއީ 2016 ވަނަ އަހަރު އިކުއެޑޯއަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
