މާލެ: 31°C

އީސްޓާ ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ބަދަލުދޭން ޖެހިއްޖެ

January 14, 2023
2 ފަހަރު ބަލާފައި
އީސްޓާ ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ބަދަލުދޭން ޖެހިއްޖެ
އީސްޓާ ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ބަދަލުދޭން ޖެހިއްޖެ
2019 ވަނަ އަހަރުގެ އީސްޓާ ބޮމުގެ ހަމަލާގައި މަރުވި މީހުންނަށް ބަދަލުގެ ގޮތުގައި މިލިއަނެއްހާ ރުޕީސް ދިނުމަށް ސްރީލަންކާގެ ކުރީގެ ރައީސް މައިތުރިޕާލާ ސިރިސޭނާގެ މައްޗަށް އެގައުމުގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ. އަދި ބޮންގޮއްވާލަން އުޅޭމުގެ މައުލޫމާތު ލިބި އެއްވެސް ފިޔަވަޅެއް އެޅިފައިނުވާތީ ސިރިސޭނާ އާއި ސަރުކާރާއި ފުލުހުންނާއި އިންޓެލިޖެންސްގެ ބައެއް އިސް އޮފިޝަލުން ޒިންމާވާ ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ. ސިރިސޭނާ އާއި ސަރުކާރުގެ އިސް ވެރިންނާ ދެކޮޅަށް މި މައްސަލަ ހުށަހެޅީ މަރުވި މީހުންގެ އާއިލާގެ މެމްބަރުންނާ ފާދިރީންނާއި ސްރީލަންކާގެ ބާ އެސޯސިއޭޝަނުންނެވެ. ހަތް ފަނޑިޔާރުންގެ ޕެނަލުން އަމަރުކޮށްފައިވަނީ ކުރީގެ ރައީސްގެ އަމިއްލަ ފައިސާއިން 100 މިލިއަން ރުޕީސް އަނިޔާ ލިބުނު މީހުންނާއި އެ މީހުންގެ އާއިލާތަކަށް ބަދަލު ގޮތުގައި ދިނުމަށެވެ. ކުރީގެ ޕޮލިސް ޗީފް ޕުޖިތު ޖަޔަސުންދަރަ އާއި ސްޓޭޓް އިންޓެލިޖެންސް ސާވިސަސްގެ ކުރީގެ ވެރިޔާ ނިލަންތާ ޖަޔަވަރްދަނޭ އަށް 75 މިލިއަން ރުޕީސް ދެއްކުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރަށް 50 މިލިއަން ރުޕީސް ދެއްކުމަށްވެސް އަމުރުކުރިއެވެ. ބޮމުގެ ހަމަލާތަކުގެ ކުރިން  ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ ސިރިސޭނާއާ ދެމެދު ހަމަނުޖެހުމެއް އުފެދުމުގެ ސަބަބުން ގައުމީ ސަލާމަތަށް ބޮޑެތި ނާކާމިޔާބީތަކެއް ކުރިމަތިވި އެވެ. 2019 ވަނަ އަހަރުގެ މެއި މަހު އެކުލަވާލި ޕާލިމެންޓަރީ ސެލެކްޓް ކޮމެޓީން  ޓެރަރިސްޓް ހަމަލާ ދީފައިވަނީ އިންޓެލިޖެންސްގެ ތެރޭގައި "ސީރިއަސް ގޯސްތަކެއް" ހިނގާފައިވާތީ ކަމަށެވެ. 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރިޔާސީ ކޮމިޝަން އޮފް އިންކުއަރީގައި ސިރިސޭނާ އާއި އޭނާގެ އިންޓެލިޖެންސްގެ އިސް މުވައްޒަފުންގެ މައްޗަށް ދައުވާ ކުރަން ލަފާދީފައި ވަނީ އެ ހާދިސާ ހުއްޓުވުމުގައި ނާކާމިޔާބީއާ ގުޅިގެންނެވެ. ސިރިސޭނާ ވަނީ ކުށަށް އިއުތިރާފުވެވަޑައިގެންފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ