ދުބާއީގެ އެޕާޓްމެންޓެއްގައި ރޯވެ 16 މީހަކު މަރުވެއްޖެ

ދުބާއީގެ އެޕާޓްމެންޓެއްގައި ރޯވެ 16 މީހަކު މަރުވެއްޖެ
ލިޔުން:
ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީގެ އެޕާޓްމަންޓްގެ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 16 މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވެެއްޖެއެވެ.
ދުބާއީ ސިވިލް ޑިފެންސް ފޯސް އިން ބުނީ އެޕާޓްމަންޓް އަލިފާނުގެ ހާދިސާއަކީ އިމާރާތުގެ ސަލާމަތީ ކަންކަން ފުރިހަމަ ނުކުރުމުގެ ސަބަބުން ހިނގި އަލިފާނުގެ ހާދިސާއެއް ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު ދެނެގަތުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ތަހުގީގެއް ހިންގަމުންނެވެ. ހާދިސާގައި މަރުވި މީހުންނަކީ ކޮން ގައުމެއްގެ ބައެއް ކަން އަދި ހާމަކޮށްފައެއް ނުވެއެވެ.
ގާތްގަނޑަކަށް 3.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ދުބާއީގައި ފާއިތުވި އަހަރުތަކުގައި އުސް އިމާރާތްތަކުގައި އަލިފާނުގެ ހާދިސާތައް ހިނގާފައިވެއެވެ.
2017 ވަނަ އަހަރު އެ ސިޓީގެ އެންމެ ބޮޑު ޝޮޕިން މޯލް ކައިރީގައި ހަދަމުން ދިޔަ އުސް އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައެވެ. މީގެ ދެ އަހަރު ކުރިން އާ އަހަރާ ދިމާކޮށް ދުބާއީގެ ފަސް ތަރީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެތައް ބަޔަކު ޒަހަމްވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
