މާލެ: 31°C

ދުނިޔޭގެ ސަލާމަތަށް ގަތަރުން ކުރާ މަސައްކަތަށް މިނިސްޓަރ އިޙްސާނުގެ ތަޢުރީފް

May 21, 2024
2 ފަހަރު ބަލާފައި
ދުނިޔޭގެ ސަލާމަތަށް ގަތަރުން ކުރާ މަސައްކަތަށް މިނިސްޓަރ އިޙްސާނުގެ ތަޢުރީފް
ދުނިޔޭގެ ސަލާމަތަށް ގަތަރުން ކުރާ މަސައްކަތަށް މިނިސްޓަރ އިޙްސާނުގެ ތަޢުރީފް
ދުނިޔޭގެ ސަލާމަތާ ގުޅޭ ގޮތުން ގަތަރުން ކުރަމުންއަންނަ މަސައްކަތަށް ދިވެހިރާއްޖޭގެ މިނިސްޓްްްްްރީ އޮފް ހޯމްލޭންޑް، ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރ އަލީ އިޙްސާނު ތަޢުރީފުކުރައްވައިފިއެވެ. ގަތަރުގެ ދޯހާގައި މިހާރު ކުރިއަށްދާ ގްލޯބަލް ސެކިއުރިޓީ ފޯރަމްގެ ހަވާސާގައި ގަތަރުގެ ދޯހާ ނިއުސް އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރ އަލީ އިޙްސާން ވިދާޅުވީ ގަތަރަކީ ދުނިއޭގައި ހިނގާ ތަފާތު އެކި ކަންކަމުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމުގައި މަޝްހޫރު އަދި އިތުބާރު ހޯދާފައިވާ ގައުމެއްކަމަށާއި އެ ގޮތުން ދިވެހި ރާއްޖެއަށްވެސް އެކަމުގެ އަސަރު ފޯރާފަދަ ގިނަ މައްސަލަތަކެއް ހައްލުކުރުމުގައިވެސް ގަތަރަކީ މެދުވެރިއެއްގެ ދައުރު ފުރިހަމައަށް އަދާކޮށްފައިވާ ގައުމެއްކަމަށެވެ. ބަސްދީގައުމުގައި މިނިސްޓަރ އަލީ އިޙްސާން އިތުރަށް ވިދާޅުވީ ގަތަރަކީ ދިވެހިރާއްޖޭގެ މުހިއްމު ބައިވެރިއެއްކަމަށާއި، ގަތަރުން ދިވެހި ރާއްޖެއާމެދު ބާއްވާ އިޙްލާސްތެރި ގުޅުން ފާހަގަކޮށް އެކަމަށް އެމަނިކުފާނު ޝުކުރުއަދާކުރާކަމަށެވެ. އަދި ގަތަރުގައި މިހާރު ކުރިއަށް ގެންދާ ގްލޯބަލް ސެކިއުރިޓީ ފޯރަމް އަކީ ގަތަރުން ދުނިއޭގެ ސަލާމަތާ ރައްކާތެރިކަމަށް ދެއްވާ އަޙައްމީއްޔަތު ހާމަކޮށްދޭކަމެއްކަމަށާއި، އެކަމަށްޓަކައި ދިވެހިންގެ ފަރާތުން އެކަން ފާހަކޮށް ޝުކުރު އަދާކުރާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ