މާލެ: 31°C

ދުނިޔޭގެ ބެސްޓް އެއާލައިން އެވޯޑް ގަތަރއެއާރވޭސް އަށް

June 26, 2024
2 ފަހަރު ބަލާފައި
ދުނިޔޭގެ ބެސްޓް އެއާލައިން އެވޯޑް ގަތަރއެއާރވޭސް އަށް
ދުނިޔޭގެ ބެސްޓް އެއާލައިން އެވޯޑް ގަތަރއެއާރވޭސް އަށް
2023 ވަނަ އަހަރުގެ ދުނިޔޭގެ އެއްވަނަ އެއާލައިން އަކަށް ގަތަރު އެއާރވޭސް ހޮވިއްޖެއެވެ. ޖޫން 24 ވަނަ ދުވަހު ސްކައިޓްރެކްސް އިން ބޭއްވި އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި އޭޝިއާގެ ބެސްޓް އެއާލައިން އެވޯޑް ހޯދާފައިވަނީ ސިންގަޕޯރ އެއާލައިންއެވެ. 2 ވަނަ ހޯދާފައިވަނީ 2022 ވަނަ އަހަރު 1 ވަނަ ހޯދި ސިންގަޕޯރ އެއާލައިންއެވެ. އަދި 3 ވަނަ އަށް ގޮސްފައިވަނީ އެމިރޭޓްސް އެއާލައިން އެވެ. އެވޯޑް ހަފްލާގައި ދީފައިވާ އެވޯޑް ތަކުގެ ތެރެއިން އެއްމެ ބެސްޓް ކެބިންކުރޫއިން ހިމެނޭ އެއާލައިނަކަށްވެސް އަދި އެއްމެ ބެސްޓް ފަސްޓް ކްލާސް ހިމެނޭ އެއާލައިންގެ އެވޯޑް ވެސް ލިބިފައިވަނީ ސިންގަޕޯރ އެއާލައިންއަށެވެ. އަދި މީގެ އިތުރުން އެއްމެ ބެސްޓް ބަޖެޓް އެއާލައިންގެ އެވޯޑް ލިބިފައިވަނީ ސިންގަޕޯރ އެއާލައިންގެ ހިއްސާ އޮންނަ ސްކޫޓް އެއާލައިންއަށެވެ. 2009 ވަނަ އަހަރު ސްކައިޓްރެކްސްއިން އެއާލައިން އެވޯޑް ތަޢާރަފްކުރިފަހުން ބެސްޓް އެއާލައިންގެ އެވޯޑު އެއްމެ ގިނަފަހަރު ހޯދައިވަނީ ސިންގަޕޯރ އެއާލައިންއާއި ގަތަރުޔ އެއާރވޭސް އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ