މާލެ: 31°C

ދުނިޔޭގެ ކޮވިޑްގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް!

May 5, 2023
4 ފަހަރު ބަލާފައި
ދުނިޔޭގެ ކޮވިޑްގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް!
ދުނިޔޭގެ ކޮވިޑްގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް!
ކޮވިޑް-19 ބައްޔަކީ އެމެޖެންސީ ބައްޔެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް އޮތުން ނިމުމަކަށް އައިސްފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހާމަކޮށްފިއެވެ. ޑަބްލިއުއެޗްއޯއިން ބުނީ ކުއްލި ހާލަތު ނިމުނު ނަމަވެސް ބަލިމަޑުކަން އަދި ނުނިމޭ ކަމަށެވެ. ދެކުނު އިރުމަތީ އޭޝިއާ އާއި މެދުއިރުމަތީގެ ގައުމުތަކުގައި ކޭސްތައް ދާދި ފަހުން އިތުރުވެފައިވާކަން ފާހަގަކުރިއެވެ. އަދި ކޮންމެ ހަފުތާއަކު ވެސް އެތައް ހާސް ބަޔަކު މި ބަލީގައި މަރުވަމުންދާ ކަން ވެސް އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ. ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް ވިދާޅުވީ ކޮވިޑްގެ ސަބަބުން ދުނިޔޭގެ ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އައިސްފައިވާކަން އިއުލާން ކުރަނީ އުފަލާއެކު ކަމަށެވެ. ކޮވިޑް އަކީ މުޅި ދުނިޔެއަށް އޮތް ބޮޑު ނުރައްކަލަކަށް ވެއްޖެނަމަ ހާލަތު އަލުން ބެލުމަށް އަލުން ތަޖުރިބާކާރުން އެއްތަނަކަށް ގެނައުމަށް ފަސް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ކޮރޯނާވައިރަސް އަކީ ބައިނަލްއަގްވާމީ ކާރިސާއެއްގެ ގޮތުގައި ޑަބްލިއުއެޗްއޯ އިން އެންމެ ފުރަތަމަ އިއުލާނުކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އޭގެ ތިން އަހަރަށް ވުރެ ގިނަ ދުވަސް ފަހުން މުޅި ދުނިޔޭގައި މި ވައިރަހުގެ ސަބަބުން ގާތްގަނޑަކަށް 764 މިލިއަން މީހުން ޕޮޒިޓިވްވެފައިވާއިރު، ގާތްގަނޑަކަށް ފަސް ބިލިއަން މީހުން ވަނީ މަދުވެގެން ވެކްސިންގެ އެއް ޑޯޒް ޖަހާފައެވެ. އެމެރިކާގައި ކޮވިޑް-19 އާ ގުޅިގެން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުން މި މަހުގެ 11 ވަނަ ދުވަހު ހަމަވާނެއެވެ. އެއަށްފަހު ވެކްސިން މެންޑޭޓްތައް ހިމެނޭ ގޮތަށް ޕެންޑެމިކް ރެސްޕޮންސަށް އެހީތެރިވުމަށް އެޅި ގިނަ ފިޔަވަޅުތައް ވެސް ނިމުމަކަށް އަންނާނެއެވެ. މިދިޔަ އަހަރު ޖަރުމަނުވިލާތް، ފަރަންސޭސިވިލާތް އަދި އިނގިރޭސިވިލާތް ފަދަ އެހެން ގިނަ ގައުމުތަކުން ވަނީ ބަލިމަޑުކަމާ ގުޅިގެން އެޅި ގިނަ ފިޔަވަޅުތައް އުވާލާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ