އެމް-ޕޮކްސް ގެ ވައިރަސް ހަލުއިކަމާއެކު ގައުމުތަކަށް ފެތުރެން ފެށުމާއެކު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނުވަތަ ޕަބްލިކް ހެލްތު އިމަޖެންސީ އޮފް އިންޓަނޭޝަނަލް ކޮންސާން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއު.އެވް.އޯ އިން އިއުލާނުކޮށްފިއެވެ.
މަކުނުގެ ފަރާތުން އިންސާނުންނަށް ވާރުތަވެފައިވާ އެމް-ޕޮކްސް އަކީ ހަށިގަނޑު ފާރުވެ، އެކި ވަރުގެ ޒަހަމްތައް ކުރިމަތިކުރުވާ ވަރަށް ބޮޑަށް ގައިންގަޔަށް އަރާ ބައްޔެކެވެ. މި ބަލި މިހާރުވަނީ އެފްރިކާގެ 13 ގައުމަކުން ފެނިފައެވެ. އެގޮތުން އެފްރިކާގެ ރިޕަބްލިކް އޮފް ކޮންގޯއިން އެކަނިވެސް 13،700 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ 450 މީހުން ވަނީ މަރުވެފަ އެވެ.
އެޕް-ޕޮކްސް އަކީ ކޮބާ؟
އެމްޕޮކްސް އަކީ މައިގަނޑު ގޮތެއްގައި އިންސާނުންނާއި ޖަނަވާރުންނަށް ޖެހޭ ވައިރަލް އިންފެކްޝަނެކެވެ. އެއީ "އޯތޮޕޮކްސްވައިރަސް ޖީނަސް" ގެ ގޮތުގައި ގިންތިކޮށްފައިވާ ވައިރަހުގެ ގުރޫޕަށެވެ. މިއީ އާންމުގޮތެއްގައި ޕޮކްސް ފަދަ ބައްޔެއް ޖެހުމަށް މަގުފަހިވާ ވައިރަހެކެވެ. އޭގެ ސަބަބުން ހަންގަނޑުގައި އުފުލިފައިވާ ބަމްޕްސް ނުވަތަ ބްލިސްޓަރސް ހުންނަ ރެޝް އުފެދެއެވެ. ގިނަ ފަހަރަށް ބަމްޕްތައް ފުރިފައި ހުންނަނީ ފްލުއިޑް ނުވަތަ ޕޫސް އިން ކަމަށާއި، އެންމެ ފަހުން ކްރަސްޓްކޮށް ރަނގަޅުވެދާނެކަމަށެވެ.
އެމްޕޮކްސް އަކީ މަންކީޕޮކްސް ވައިރަހުގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ވައިރަސް އެއްމެފުރަތަމަ ފެނިފައިވަނީ 1958 ވަނައަހަރު ޕޮކްސް ގެ އައުޓް ބްރޭކެއް ތަހުލީލުކުރުމުގެ ތެރޭގައި މަކުނެއް ގެ ހަށިގަނޑުންނެވ. އޭގެ ފަހުން އެއްމެ ފުރަތަމަ އިންސާނެއްގެ ހަށިގަނޑުން މިވައިރަސް ފެނިފައިވަނީ 1970 ވަނަ އަހަރު ކޮންގޯއިންނެވެ.
ބަލިޖެހެނީ ކިހިނެއް؟
އެމް-ޕޮކްސް ވައިރަސް އިންސާނުންނަށް ފެތުރެނީ ބަލި ޖެހިފައިވާ ޖަނަވާރަކާ ނުވަތަ މީހެއްގެ ފަރާތުންނެވެ.
ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް މިބަލި ފެތުރޭ ފެތުރޭނީ ބަލި ޖެހިފައިވާ ޖަނަވާރެއްގެ ލޭ އިންސާނާގެ ހަށިގަނޑަށް ކޮންމެވެސް ގޮތަކުން ސީދާ ގުޅުމުގެ ސަބަބުންނެވެ.
އިންސާނުންގެ ކިބައިން އިންސާނުންނަށް ބަލި ފެތުރޭނީ:
- ހަމުގެ ޒަހަމްތަކާއި، ހަށިގަނޑުގެ ފްލުއިޑްސް ނުވަތަ ބަލި ޖެހިފައިވާ މީހެއްގެ ނޭވާލާ ނިޒާމުގެ ޑްރޮޕްލެޓްތަކާ ސީދާ ކޮންޓެކްޓްވުމުން
- ބަލި ޖެހިފައިވާ މީހަކާ ގިނަ ދުވަސްތަކެއް ވަންދެން ފޭސް ޓު ފޭސް ކޮންޓެކްޓްވުމުން.
- ބަލިޖެހިފައިވާ މީހާ ބޭނުންކޮށްފައި ހުންނަ ތަޣައްޔަރުވެފައިވާ އެއްޗެހިން.މި ވައިރަސް ހަށިގަނޑަށް ވަންނަނީ ހަންގަނޑު ފަޅައިގެން ގޮސް، ނޭވާލާ ނިޒާމު ނުވަތަ މިއުކަސް މެމްބްރޭން (އޭގެ ތެރޭގައި ލޮލާއި ނޭފަތާއި އަނގަ ވެސް ހިމެނޭ) މެދުވެރިކޮށެވެ.
އަލާމާތްތަކަކީ ކޮބާ؟
އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ބޮލުގައި ރިއްސުމާއި، އަތާއި ފަޔާއި އަދި ހަށިގަނޑުގެ އެހެނިހެން ތަންތަނުން ފެންނަ ތަފާތު ރިއްސުން ތައް، ރިހުން ރަނގަޅުވުމުގެ ކުރިން ޕުސްޓޫލްސް އާއި ސްކޭބް އުފައްދައެވެ. ހުދު ނުވަތަ ރީނދޫ ކުލައިގެ ބޮޑެތި ޕިމްޕަލްއެއް ހެން ހީވާ ޕުސްޓޫލް އުފެދުން.
އާއްމުގޮތެެއްގައި ބަލި ރަނގަޅުވުމަށް ދެހަފްތާއާއި ހަތަރު ހަފްތާ ނަގާނެއެވެ. އަދި ބަލީގެ އަލާމާތްތައް ފެންނަން ތިން ދުވަހާއި 21 ދުވަހާ ދެމެދުގެ މުއްދަތެއް ނަގައެވެ. ނަމަވެސް ބަލީގެ އަލާމާތްތައް ފެނުމުގެ އެއް ދުވަހާއި ހަތަރު ދުވަސް ކުރިން އެހެން މީހުންނަށް ބަލި ފެތުރެން ފަށާނެއެވެ.
އެމްޕޮކްސް ދެނެގަނެވޭނީ ރެޝް އިން ސްވޮބްކޮށްފައިވާ ފްލުއިޑްގެ ސާމްޕަލް ޓެސްޓު ކޮށްގެންނެވެ.