މާލެ: 31°C

ދޫނިރޯގާގެ ހަލާތާމެދު ކަންބޮޑުވޭ: ޑަބްލިއުއެޗްއޯ

February 26, 2023
2 ފަހަރު ބަލާފައި
ދޫނިރޯގާގެ ހަލާތާމެދު ކަންބޮޑުވޭ: ޑަބްލިއުއެޗްއޯ
ދޫނިރޯގާގެ ހަލާތާމެދު ކަންބޮޑުވޭ: ޑަބްލިއުއެޗްއޯ
ކެމްބޯޑިއާއިން ދޫނިރޯގާ ޖެހިގެން ކުއްޖަކު މަރުވުމާއި ގުޅިގެން ބަލީގެ ހަލާތާ މެދު ކަންބޮޑުވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ. ޑަބްލިއުއެޗްއޯގެ އެޕިޑެމިކް އެންޑް ޕެންޑެމިކް ޕްރިޕެއާޑްނެސް އެންޑް ޕްރިވެންޝަންގެ ޑިރެކްޓަރު ޑރ ސިލްވީ ބްރިއަންޑް ވާޗުއަލް ބްރީފިންއެއްގައި ވިދާޅުވީ މި ފަހުން ހިނގަމުންދާ ކަންކަމަށް ރިއާޔަތްކޮށް ދުނިޔޭގެ ރިސްކް އެސެސްމަންޓް މުރާޖައާ ކުރަމުން އަންނަ ކަމަށެވެ. ކެމްބޯޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުރާސްފަތި ދުވަހު ވަނީ H5N1 ޖެހިގެން އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު މަރުވެފައިވާކަމަށް ރިޕޯޓްކޮށްފައެވެ. އެ ކުއްޖާގެ ކޮންޓެކްޓުންގެ ތެރެއިން 12 މީހަކު ވަނީ މިހާތަނަށް ޓެސްޓުކޮށްފައެވެ. ބަލީގެ އަލާމާތްތައް ފެނިފައިވާ އެ ކުއްޖާގެ ބައްޕަ ވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. "ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދޫނިސޫފާސޫފާސޫފީގައި ވައިރަސް ފުޅާދާއިރާއެއްގައި ފެތުރެމުންދާތީ އާއި އިންސާނުން ހިމެނޭ ގޮތަށް ކުދިކުދި ދިރޭ ތަކެތީގެ ކިބައިން ކޭސްތައް އިތުރުވަމުންދާތީ ދުނިޔޭގެ H5N1 ގެ ހާލަތަކީ ކަންބޮޑުވާ ކަމެއް،" ބްރިއަންޑް ވިދާޅުވިއެވެ. ވައިރަހުގެ ނުރައްކާ ސީރިއަސްކޮށް ބަލައި، ހުރިހާ ގައުމަކުން ވެސް ސަމާލުކަން އިތުރުކުރުމަށް ޑަބްލިއުއެޗްއޯއިން އިލްތިމާސްކުރެއެވެ. ބްރިއަންޑް ވިދާޅުވީ، ކެމްބޯޑިއާގައި ބަލި ފެތުރިފައިވަނީ އިންސާނުންގެ ގައިން ގަޔަށް ނުވަތަ ދޫނީތަކާ ކޮންޓެކްޓްވެގެން ކަމެއް އަދި މިހާތަނަށް ދެނެގަނެވިފައިނުވާ ކަމަށެވެ. H5N1 ގެ އާ ސްޓްރެއިންއެއް ކަމަށްވާ ކްލެޑް 2.3.4.4ބީ، 2020 ވަނަ އަހަރު ފެނިފައިވާއިރު އޭގެ ސަަބަބުން ގިނަ އަދަދެއްގެ ދޫނިތަކާއި ކުކުޅު ވަނީ މަރުވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ