ދޫނި ރޯގާ ޖެހިގެން ޗައިނާއިން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ

ދޫނި ރޯގާ ޖެހިގެން ޗައިނާއިން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ
ލިޔުން:
ޗައިނާގެ ދެކުނުގައި ދޫނި ރޯގާގެ ބާވަތެއް ކަމަށްވާ H3N8 އަށް ޕޮޒިޓިވްވި އުމުރުން 56 އަހަރުގެ މީހަކު މަރުވެއްޖެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނި ގޮތުގައި މިއީ ޗައިނާގައި ދޫނި ރޯގާގެ ސްޓްރެއިންގައި އިންސާނަކު މަރުވި ފުރަތަމަ ފަހަރުު ކަމަށެވެ.
H3N8 އަކީ އާންމުކޮށް ދޫނިސޫފާސޫފީގެ ކިބައިން ފެންނަ ބަޔެކެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހާއި މެއި މަހު ޗައިނާއިން ދެ ކޭސް ފެނުމާ ހަމައަށް އިންސާނުންގެ ކިބައިން މީގެ ކުރިން ފެނިފައެއް ނުވެއެވެ.
ޑަބްލިއުއެޗްއޯ އިން ބުނީ ޗައިނާގައި "H3N8 " ޖެހިގެން މަރުވި އަންހެން މީހާ އަކީ ކެންސަރު ޖެހިފައިވާ މީހެއް ކަމަށާއި އަދި އިތުރު ސިއްހީ ބަލިތައް ހުރި މީހެއް ކަމަށެވެ. އެއީ ފެބްރުއަރީ މަހު ނިއުމޯނިއާ ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރި މީހެކެވެ.
އޭނާ މަރުވީ މިދިޔަ މަހުގެ ތެރޭގައެވެ. ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ އިންފެކްޝަން (ސާރީ) ސަވައިލަންސް ސިސްޓަމް މެދުވެރިކޮށް މި ކޭސް ފެނިފައިވާއިރު، ކޭސްގެ ކްލޯޒް ކޮންޓެކްޓުންގެ ފަރާތުން އިންފެކްޝަނެއް ނުވަތަ ބަލީގެ އަލާމާތްތަކެއް ފެނިފައެއް ނުވެއެވެ.
ޑަބްލިއުއެޗްއޯއިން ބުނީ، ޗައިނާ ސަރުކާރުން މި ސްޓްރެއިން އަށް މޮނިޓަރިންގެ ހާލަތު އިތުރުކޮށްފައިވާ ކަމަށާއި އިތުރު އިންފެކްޝަންތައް ފެތުރުމުގެ ފުރުސަތު ކުޑަ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
