ދޫނި ރޯގާ އަކީ އިންފުލުއެންޒާ އޭ ވައިރަސްގެ ސަބަބުން ފެތުރޭ ބައްޔެކެވެ. މިބަލި އިންސާނުންނަށް ޖެހޭކަން ފާހަގަ ކުރެވިފައިވަނީ 1997 ވަނަ އަހަރުއެވެ.
ދޫނި ރޯގާ ޖެހިގެން ކެމްބޯޑިއާގެ ކުޑަ ކުއްޖަކު މަރުވެއްޖެ

ދޫނި ރޯގާ ޖެހިގެން ކެމްބޯޑިއާގެ ކުޑަ ކުއްޖަކު މަރުވެއްޖެ
ލިޔުން:
ނުވަ އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ދޫނި ރޯގާ ޖެހިގެން އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު މަރުވެއްޖެއެވެ.
މަރުވެފައިވާ ކެމްބޯޑިއާއަށް ނިސްބަތްވާ އަންހެނުން ކުއްޖެކެވެ. އެ ގައުމުގެ ޕްރޭ ވެންގް ޕްރޮވިންސަށް ނިސްބަތްވާ އެ އަންހެން ކުއްޖާއަށް H5N1 ވައިރަސް ޖެހިފައިވާކަން އެނގުނީ މިދިޔަ ބުދަ ދުވަހުއެވެ.
މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވަރަށް ބޮޑަށް ހުން އައުމާއި ކެއްސުމާއި ކަރުގައި ރިއްސުން ފަދަ ކަންކަން އެ ކުއްޖާއަށް ދިމާވިއެވެ. ކެމްބޯޑިއާގެ ހެލްތު މިނިސްޓްރީން ބުނީ އެ ކުއްޖާގެ ބައްޕަވެސް ދޫނި ރޯގާއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އިތުރު 11 މީހަކު ޓެސްޓު ކޮށްފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.
ބުރާސްފަތި ދުވަހު ހެލްތު މިނިސްޓަރު މަމް ބުންހެންގް ވިދާޅުވީ މިއީ 2014 ވަނަ އަހަރުގެ ފަހުން ކެމްބޯޑިއާގައި H5N1 ސްޓްރެއިންގެ އިންސާނުންގެ ފަރާތުން ފެނުނު ފުރަތަމަ ފަހަރު ކަމަށެވެ.
އޮފިޝަލުން ވަނީ އަންހެން ކުއްޖާގެ އަވަށް ކައިރިން މަރުވެފައިވާ އެތައް ދޫންޏެއްގެ ސާމްޕަލް ނަގާފައެވެ. އަދި މަރުވެފައިވާ ނުވަތަ ބަލިދޫނިތަކުގައި އަތްނުލުމަށް ވެސް ސިއްހީ އޮފިޝަލުން ވަނީ އިލްތިމާސްކޮށްފައެވެ.
ކެމްބޯޑިއާއިން އެންމެ ފަހުން ދޫނި ރޯގާގެ ކޭސްއެއް ފެނިފައި ވަނީ 2014 ވަނަ އަހަރު އެވެ. އޭގެ ކުރީ ދިހަވަރަކަށް އަހަރު ތެރޭގައި މި ބަލި 56 މީހަކަށް ޖެހިފައިވާއިރު، އޭގެ ތެރެއިން 37 ކޭސްއަކީ ނުރައްކާތެރި ކޭސްތަކެކެވެ.
ޑަބްލިއުއެޗްއޯއިން 2021 ވަނަ އަހަރުން ފެށިގެން އިންސާނުންނަށް H5N1 ޖެހިފައިވާ އަށް ކޭހެއް ފެނިފައިވެއެވެ. އެ ކޭސްތައް ފެނިފައި ވަނީ ޗައިނާ، އިންޑިއާ، ސްޕެއިން، އިނގިރޭސިވިލާތް އަދި އެމެރިކާއިންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
