މާލެ: 31°C

ދޫނިރޯގާ އަނެއްކާ ވެސް އިންސާނުންނަށް ޖެހެން ފަށައިފި، ފުރަތަމަ ކޭސް ފެނުނީ ޗިލީން

March 30, 2023
2 ފަހަރު ބަލާފައި
ދޫނިރޯގާ އަނެއްކާ ވެސް އިންސާނުންނަށް ޖެހެން ފަށައިފި، ފުރަތަމަ ކޭސް ފެނުނީ ޗިލީން
ދޫނިރޯގާ އަނެއްކާ ވެސް އިންސާނުންނަށް ޖެހެން ފަށައިފި، ފުރަތަމަ ކޭސް ފެނުނީ ޗިލީން
ދޫނިރޯގާ އިންސާނުންނަށް ޖެހުނު ފުރަތަމަ ކޭސް ޗިލީން ރިޕޯޓްކޮށްފި އެވެ. ޗިލީގެ ސިއްހަތާ ބެހޭ ވުޒާރާއާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެގައުމުގައި ދޫނިރޯގާ ޖެހިފައި ވަނީ އުމުރުން 53 އަހަރުގެ މީހަކަށެވެ. އިންފުލުއެންޒާގެ އަލާމާތްތައް އެމީހާގެ ފަރާތުން ފެނިފައިވީ ނަމަވެސް ހާލު ރަނގަޅު ކަމަށް ރިޕޯޓްތައް ބުނެއެވެ. ބަލިމީހާއާ ކޮންޓެކްޓްވި ފަރާތްތައް ދެނެގަނެ ބަލި ފެތުރުނު ގޮތް ޗިލީގެ ސަރުކާރުން އަންނަނީ ބަލަމުންނެވެ. އެ ގައުމުން މިދިޔަ އަހަރު "އެޗް5އެން1" ވައިރަސް ފެނުނީ ޖަނަވާރުންގެ ގައިންނެވެ. ޗިލީގެ އޮފިޝަލުން ވަނީ މިދިޔަ ހަފުތާގައި ދެކުނުގެ ޑިސްޓްރިކްޓެއް ކަމަށްވާ މައުލޭގެ އިންޑަސްޓްރިއަލް ފެސިލިޓީއަކުން ދޫނި ރޯގާ ފެތުރިފައިވާކަން ކަށަވަރުކޮށްދީފައެވެ. އެގްރިކަލްޗާ މިނިސްޓްރީން ބުނި ގޮތުގައި ޖަނަވާރުންގެ ފަރާތުން ދޫނި ރޯގާ ފެނިފައިވަނީ އެގްރިކަލްޗާ އެންޑް ލައިވްސްޓޮކް އެޖެންސީން ދޫނިތައް މަރުވާ އަދަދު އިތުރުވުމާ ގުޅިގެން ކޮށްފައިވާ ރިޕޯޓްތަކާއި ގުޅިގެން ކަމަށެވެ. ދާދި ފަހުން އިންޑަސްޓްރިއަލް ދަނޑުތަކުގައި ހިނގި ހާދިސާތަކާ ގުޅިގެން ސަރުކާރުން ވަނީ ކުކުޅު އެކްސްޕޯޓް ކުރުން ހުއްޓާލައިފައެވެ. މި އަހަރުގެ ކުރީކޮޅު އިކުއެޑޯގައި އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖަކު ވަނީ  ދޫނި ރޯގާ ޖެހިފައެވެ. އިންސާނުންގެ ކިބައިން އިންސާނުންނަށް މި ބަލި ފެތުރުމުގެ ފުރުސަތު ކުޑަނަމަވެސް، ބައިނަލްއަގްވާމީ ސިއްހީ އޮފިޝަލުން ވިދާޅުވާ ގޮތުގައި އިންސާނުންގެ ދޫނި ރޯގާގެ ވެކްސިނަކީ "ޖަސްޓް އިން ކޭސް" ވެކްސިނެއް ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ