މާލެ: 31°C

ދޫނިފަތެއް 28417 ޑޮލަަރަށް ނީލަމުގައި ވިކިއްޖެ!

May 26, 2024
2 ފަހަރު ބަލާފައި
ދޫނިފަތެއް 28417 ޑޮލަަރަށް ނީލަމުގައި ވިކިއްޖެ!
ދޫނިފަތެއް 28417 ޑޮލަަރަށް ނީލަމުގައި ވިކިއްޖެ!
ދުނިޔެއިން މިހާރު ހުސްވެފައިވާކަމަށް ބެލެވިފައިވާ ހުއިޔާ ކިޔާ ދޫންޏެއްގެ ފަތެއް ނިއުޒިލެންޑް ނީލަމެއްގައި 28417 ޑޮލަރަށް ވިކިއްޖެއެވެ. ނީލަން ކީ ފަރާތުން ހާމަކޮށްފައިވާގޮތުގައި އެ ފަތް ނީލަމުގައި ވިކޭނެ ކަމަށް ބެލި އެއްމެމަތީ އަގަކީ 1800 ޑޮލަރެވެ. އަދި މީގެ ކުރިން 2010 ވަނަ އަހަރުވެސް އެފަރާތުން ވަނީ ހަމަ އެ ވައްތަރުގެ ދޫންޏެއްގެ ފަތެއް ނީލަން ކިޔާފައެވެ. އެފަހަރު އެފަތް ވިކިފައިވަނީ 5150 ޑޮލަރަށެވެ. ހުއިޔާ ދޫނީގެ ފަތަކީ ނިއުޒިލެންޑްގައި ދިރިއުޅޭ މައޯރީ މީހުންގެ ރަމްޒެއްގެ ގޮތުގައި ނިއުޒިލެންޑްން ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން އެ ދޫނީގެ ފަތް ނިއުޒިލެންޑްން ބޭރަށް ގެންދިއުމަކީ މަނާކަމެކެވެ. މައޯރީ މީހުންނަކީ 1330 އާއި 1350 ގެ އަހަރުތަކުގެ ތެރޭގައި ޕޮލީނީސިއާއިން ހިޖުރަކޮށްފައިވާ ބައެކެވެ. މައޯރީ މީހުން ދެކޭގޮތުގައި ހުއިޔާ ދޫންޏަކީ އެމީހުންނަށް ރައްކާތެރިކަން ގެނެސްދޭ ދޫންޏެކެވެ. އެހެންކަމުން އެމީހުންގެ ވެރިމީހާ އާއި ވެރިމީހާގެ އާއިލާގެ މީހުންގެ ބޮލުގައި އޮންނަ ތާޖުގައި އެ ދޫނީގެ ފަތް ހަރުކޮށްފައިހުރެއެވެ. ހުއިޔާ ދޫންޏެއް އެއްމެ ފަހުން ފެނިފައިވާކަމަށް ރެކޯޑުކޮށްފައިވަނީ 1907 ވަނަ އަހަރުއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ