މާލެ: 31°C

ދެކުނު ކޮރެއާއެކު ނިއުކްލިއާ ތަމްރީނު ހިންގަން މަޝްވަރާ ނުކުރަން: ބައިޑެން

January 4, 2023
2 ފަހަރު ބަލާފައި
ދެކުނު ކޮރެއާއެކު ނިއުކްލިއާ ތަމްރީނު ހިންގަން މަޝްވަރާ ނުކުރަން: ބައިޑެން
ދެކުނު ކޮރެއާއެކު ނިއުކްލިއާ ތަމްރީނު ހިންގަން މަޝްވަރާ ނުކުރަން: ބައިޑެން
ދެކުނު ކޮރެއާއާ އެކު ނިއުކްލިއާ ތަމްރީނުތަކެއް ކުރިއަށް ގެންދަން އެމެރިކާއިން މަޝްވަރާ ނުކުރާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ. ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޮލް ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އުތުރު ކޮރެއާގެ ނިއުކްލިއާ ނުރައްކާތަކާއި ދެކޮޅަށް އެމެރިކާއާ ގުޅިގެން ރޭވުމާއި ތަމްރީނުތައް ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ދެކުނު ކޮރެއާއާ އެކު ޖޮއިންޓް ނިއުކްލިއާ ތަމްރީނުތަކާ ބެހޭ ގޮތުން މިހާރު މަޝްވަރާ ކުރައްވަނީތޯ ވައިޓް ހައުސްގައި ނޫސްވެރިން ސުވާލު ކުރުމުން ބައިޑެން ވިދާޅުވީ "ނޫން" ކަމަށެވެ. "ޗޮސަން އިލްބޯ" ނޫހުގައި ހޯމަ ދުވަހު ޝާއިއުކުރި އިންޓަވިއުއެއްގައި ރައީސް ޔޫން މިހެން ވިދާޅުވެފައި މިވަނީ 2022 ވަނަ އަހަރު އުތުރު ކޮރެއާއިން ހީވެސް ނުކުރާ ވަރަށް ގިނަ ބެލިސްޓިކް މިސައިލްތަކެއް ޓެސްޓްކޮށްފައި ވަނިކޮށެވެ. އަދި އުތުރު ކޮރެއާއާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އުތުރު ކޮރެއާގެ ހަރުކަށި ފިކުރާ އިދިކޮޅަށް ރައްދު ދެއްވަމުން ޔޫން ވަނީ" "ހަނގުރާމައަށް ތައްޔާރުވުމަށް" ގޮވާލައްވާފައެވެ. ޔޫން އާ ހަވާލާދީ އެ ނޫހުގައި ބުނެފައި ވަނީ، މި ތަމްރީނުތަކަކީ އެމެރިކާގެ "އެކްސްޓެންޑެޑް ޑިޓާރެންސް" އިތުރަށް ހަރުދަނާގޮތެއްގައި ތަންފީޒު ކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ތަމްރީނުތަކެއް ކަމަށެވެ. އެއީ އެމެރިކާގެ އަސްކަރިއްޔާއަށް ނުވަތަ ހާއްސަކޮށް ނިއުކްލިއާ ބާރުތަކަށް އެމެރިކާގެ ބައިވެރިންނަށް ދޭ ހަމަލާތައް ހުއްޓުވުމުގެ ގާބިލުކަން ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. "ނިއުކްލިއާ ހަތިޔާރަކީ އެމެރިކާއަށް ނިސްބަތްވާ ހަތިޔާރުތަކެއް، އެކަމަކު ޕްލޭން ކުރުމާއި މައުލޫމާތު ހިއްސާކުރުމާއި ތަމްރީނުތަކާއި ތަމްރީނުތައް ކުރިއަށް ގެންދަން ޖެހޭނީ ދެކުނު ކޮރެއާ އާއި އެމެރިކާ ގުޅިގެން،" މި ވިސްނުމާ މެދު އެމެރިކާއިން ވެސް "ވަރަށް ޕޮޒިޓިވް" ކަމަށް ޔޫންގެ އިންޓަވިއުގައި ވިދާޅުވިއެވެ. އަންގާރަ ދުވަހު ޔޫންގެ ސީނިއާ ސެކްރެޓަރީ ފޯ ޕްރެސް އެފެއާޒް ކިމް ޔޫން ހައި ވިދާޅުވި ގޮތުގައި ބައިޑެން ނޫނެކޭ ވިދާޅުވީ އެފަދަ ނާޒުކު މައްސަލައެއްގައި ސީދާ ސުވާލެއް ކުރުމުން ކަމަށެވެ. "ޖޮއިންޓް ނިއުކްލިއާ އެކްސަސައިޒްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވެމުންދާތޯ ރޮއިޓާސްގެ ރިޕޯޓަރު ބައިޑެންއާ ސުވާލު ކުރުމުން ރައީސް ބައިޑަން އަށް ވަރަށް ސާފުކޮށް ބުނަން ޖެހުނީ ނޫނެކޭ" ކިމްއާ ހަވާލާދީ ޔޮންހަޕް ނިއުސް އެޖެންސީން ރިޕޯޓްކުރެއެވެ. އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދެކުނު ކޮރެއާއާއެކު ޖޮއިންޓް ނިއުކްލިއާ އެކްސަސައިޒްތައް ރާވަމުން ނުދާ ކަމަށެވެ. ސަބަބަކީ ދެކުނު ކޮރެޔާ އަކީ ނިއުކްލިއާ ބާރަކަށް ނުވާތީ ކަމަށެވެ. ނަމަވެސް އެމެރިކާ އާއި ދެކުނު ކޮރެއާއިން މަސައްކަތްކުރަނީ މައުލޫމާތު ހިއްސާކުރުން އިތުރުކުރުމަށާއި، ކޮންޓިންޖެންސީތައް ފުޅާކުރުމަށާއި، ޓޭބަލް ޓޮޕް އެކްސަސައިޒްތައް ކުރިއަށް ގެންދިއުމަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ