ދެކުނު ކޮރެއާގެ އިދިކޮޅު ލީޑަރު ގަޔަށް ވަޅިހަރައިފި

ދެކުނު ކޮރެއާގެ އިދިކޮޅު ލީޑަރު ގަޔަށް ވަޅިހަރައިފި
ލިޔުން:
ދެކުނު ކޮރެޔާގެ އިދިކޮޅު ޕާޓީގެ އެންމެ އިސްވެރިޔާ ލީ ޖޭ މިޔުންގަށް ވަޅީގެ ހަމަލާއެއް ދީފިއެވެ.
ހަމަލާދީ ލީ ޒަހަމްކޮށްލީ އެ ގައުމުގެ ދެކުނުގައި އޮންނަ ބުސާން ސިޓީއަށް ކުރި ދަތިރެެއްގައެވެ. އެ ހަމަލާ އަމާޒުވީ އޭނާގެ ކަރުގެ ކަނާތްފަރާތަށެވެ. ލީއަށް ހަމަލާދިން މީހާ ވަނީ އެ ސަރަޙައްދުން ވަގުތުން ހައްޔަރުކޮށްފައެވެ. އަދި ފަރުވާއަށް ލީ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ދެކުނު ކޮރެޔާގެ ރައީސް ޔޫން ސުކް ޔޯލް ވަނީ އެ ހަމަލާ ކުށްވެރި ކުރައްވައި އެއީ ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށް ވިދާޅުވެފައެވެ. ޔޫން ވަނީ ލީގެ ހާލުކޮޅާ މެދު ކަންބޮޑުވުން ފާޅުކޮށް އަވަސް ޝިފާއަކަށް ވެސް އެދިވަޑައިގެންފައެވެ.
ލީގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ތުހުމަތުކޮށް ދައުވާ އުފުލައިފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
