މާލެ: 31°C

ދެކުނު އެމެރިކާގެ ބިޔަ ޖަންގަލީތައް އަނދަނީ

September 13, 2024
22 ފަހަރު ބަލާފައި
ދެކުނު އެމެރިކާގެ ބިޔަ ޖަންގަލީތައް އަނދަނީ
ދެކުނު އެމެރިކާގެ ބިޔަ ޖަންގަލީތައް އަނދަނީ
ދެކުނު އެމެރިކާ ބިޔަ ޖަންގަލީތަކުގައި މޫސުމީ ހޫނުގެ ސަބަބުން އަލިފާން ރޯވެ އަނދަމުންދާކަމަށް ބައިނަލް އަގްވާމީ މީޑިއާތަކުން ބުނެފިއެވެ. ދުނިޔޭގެ އެއްމެ ބޮޑު ޖަންގަލީ ކަމުގައިވާ ބްރެޒިލްގެ އެމޭޒަން ޖަންގަލީ އާއި ބޮލީވިއާގެ ޗަސްބިން ހިމެނޭ ބިޔަ ޖަންގަލީވެސް ހިމެނޭހެން އެކި ސަރަޙައްދުތަކުގައި އެތްއްހާސް އަލިފާންގަނޑު ވަނީ ފެރުރިފައެވެ. ސެޓްލައިޓް ފޮޓޯތަކުން ފެންނަ ގޮތުން ސައުތު އެމެރިކާގެ 13 ގައުމެއްގެ ޖަންގަލީ ތަކުގައި 346،112 އަލިފާންގަނޑު ރޯވެފައިވާކަމަށް ދައްކާއެވެ. ރޯވެފައިވާ އަލިފާންގަނޑުތަކުން އަރާ ދުމުގެ ސަބަބުން ބުޒިލްގެ ސައުޕޯލޯ ފަދަ ބޮޑެތި ސިޓީތަކުގެ އިތުރުން ސައުތު އެމެރިކާ ކޮންޓިނެންޓުގެ ހުޅަނގު އުތުރުން ކޮލަމްބިއާއިން ފެށިގެން އިރުދެކުނުން އުރުގުއޭ ގެ ޖައްވު ވަނީ ވަރަށްބޮޑަށް ނުސާފުވެ އަނދިރިވެފައެވެ. ސައިންސްވެރިން ބުނެފައިވާ ގޮތުގައި އަލިފާނުގެ ހޫނުގެ ސަބަބުން އެސަރޙައދުގެ އަލިފާން ކޮންޓްރޯލް ކުރުމަށް އިންސާނުންނަށް ޙަރަކާތްތެރިވުމަކީ މުސްހީލް ކަމަކަށްވެފައިވާއިރު އަލިފާންގަނޑުތައް ކޮންޓްރޯލް ކުރުމަށް ވަނީ ހުރަސް އެޅިފައެވެ. އަދި ދެކުނު ހެމިސްޕިއަރ އަށް މި ދުވަސްވަރަކީ ފިނި މޫސުމުގެ ދުވަސްވަރު ނަމަވެސް ބްރެޒިލްގެ މިދުވަސްވަރު ފިނިހޫނުމިން ހުރީ 32 ޑިގްރީއަށްވުރެވެސް މަތީގައިކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ