ދީނަށް ނަފްރަތު އުފައްދާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅަންޖެހޭ: އޯއައިސީ

ދީނަށް ނަފްރަތު އުފައްދާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅަންޖެހޭ: އޯއައިސީ
ލިޔުން:
ދާދި ފަހުން ސްވިޑަންގައި ގުރުއާން އެންދި މައްސަލައާ ގުޅިގެން މުސްލިމުންގެ އަގުލަބިއްޔަތު އޮންނަ 57 ގައުމެއް ހިމެނޭ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި އޯއައިސީން ބުނީ މުސްތަގުބަލުގައި މިފަދަ ހާދިސާތައް ހިނގިޔަ ނުދިނުމަށް އެންމެން ގުޅިގެން ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ. ކަންބޮޑުވުން ފާޅުކޮށް، ކީރިތި ގުރުއާނުގެ މާތްކަން ހިމާޔަތްކޮށް، ގުރުއާނަށް އިހާނެތިކޮށް ހިތުމަށް ހުރަސް އެޅުމަށް ގޮވާލާފައިވެއެވެ.
އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ހިސީން ބްރަހިމް ތާހާ ވިދާޅުވީ ދީނީ ނަފްރަތު އުފެއްދުން ހަރުކަށިކޮށް މަނާކުރާ ބައިނަލްއަގްވާމީ ގާނޫނުތައް ތަންފީޒު ކުރަން ޖެހޭކަން ބައިނަލްއަގުވާމީ މުޖުތަމައުއަށް އަބަދުވެސް ހަނދާންކޮށްދޭން ޖެހޭ ކަމަށެވެ.
ގުރުއާން އަންދާލީ ސްވިޑަންގައި ދިރިއުޅޭ އިރާގުގެ 37 އަހަރުގެ ރެފިއުޖީއެއް ކަމަށްވާ ސަލްވާން މޮމިކާއެވެ.
ސްވިޑެންގެ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަމަށް ބުނެ އެކަންކުރުމުގެ ފުލުހުން އޭނާއަށް ދިނެވެ.
ސްޓޮކްހޯމް ސެންޓްރަލް މިސްކިތުގެ ބޭރުގައި ހިންގި މި އަމަލު ބައިނަލްއަގުވާމީ ފެންވަރުގައި ކުށްވެރިކޮށްފައިވާއިރު، އިރާގާއި މެދުއިރުމަތީގެ އެހެން ގައުމުތަކުގައި ވެސް ވަނީ މި ހާދިސާއާ ގުޅިގެން ސްވިޑެންގެ ސަފީރުން ހާޒިރުކޮށްފައިވެއެވެ.
އާދީއްތަ ދުވަހު އީރާނުން ވަނީ އެ ކަމާއި ދެކޮޅަށް ސްވިޑަންއަށް އާ ސަފީރަކު ނުފޮނުވޭނެ ކަމަށް ބުނެފައެވެ.
އީރާނުގެ ހާރިޖީ ވަޒީރު ހުސައިން އާމިރު އަބްދުاﷲ ޔަން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސްވިޑަންއަށް އާ ސަފީރަކު އައްޔަން ކުރުމަށް އިދާރީ އިޖުރާއަތްތައް ފުރިހަމަކުރި ނަމަވެސް ފޮނުވުމުގެ މަސައްކަތް ލަސްވެފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
