މާލެ: 31°C

ދައުވާތަކަށް ޓްރަމްޕް އިންކާރުކޮށްފި

April 5, 2023
2 ފަހަރު ބަލާފައި
ދައުވާތަކަށް ޓްރަމްޕް އިންކާރުކޮށްފި
ދައުވާތަކަށް ޓްރަމްޕް އިންކާރުކޮށްފި
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ދެކޮޅަށް އުފުލާފައިވާ 34 ދައުވާއަށް އޭނާ އިންކާރުކުރައްވައިފިއެވެ. ޓްރަމްޕްއާ ދެކޮޅަށް ދައުވާ އުފުލާފައިވަނީ ލޯބީގެ ގޮތުން އޭނާ ގުޅުން ބޭއްވި ބަރަހަނާ ފިލްމު ކުޅޭ ސްޓޯމީ ޑެނިއަލް ނަމަކަށް ކިޔާ އަންހެނަކަށް ދިން ފައިސާތަކަކާއި ގުޅިގެންނެވެ. ދެ މީހުންގެ ދޭތެރޭގައި އޮތް ގުޅުމުގެ ވާހަކަ ނުދެއްކުމަށް އެދި ޓްރަމްޕްގެ ލޯޔަރުން، އެ އަންހެން މީހާއަށް 130،000 ޑޮލަރު ދިން ކަމަށް ވެއެވެ. ލޯޔަރުން ދިން ފައިސާ އަނބުރާ ޓްރަމްޕް ދެއްކެވިއިރު ވިދާާޅުވެފައިވަނީ އެ ފައިސާ އަކީ ލީގަލް ފީއެއް ކަމަށެވެ. އެހެންވެ ވިޔަފާރީގެ ރިކޯޑްތައް އޮޅުވާލުމުގެ ކުށުގައި ޓްރަމްޕަށް ވަނީ ދައުވާ ކޮށްފައެވެ. ނަމަވެސް ސްޓޯމީއާ އެއްވެސް ގުޅުމެއް ބޭއްވި ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ދޮގުކުރައްވިއެވެ. މެންހެޓަންގެ އެޓާނީ ޑިސްޓްރިކްޓް ކޯޓަށް ވަޑައިގަތުމާއެކު ފުލުހުންގެ ބެލުމުގެ ޓްރަމްޕް ގެންދިޔައެވެ. އަދި އެއަށް ފަހު ޝަރިއަތްކުރާ މާލަމަށް ވަޑައިގެންނެވިއެވެ. ކުރެވޭ ދައުވާތައް އިއްވުމުން ޓްރަމްޕް ވަނީ އެ ހުރިހާ ދައުވަތަކަކަށް އިންކާރު ކުރައްވާފައެވެ. ކޯޓުގައި، ޓްރަމްޕް ގާތްގަނޑަކަށް 50 މިނިޓް ހޭދަކުރެއްވިއެވެ. އެއަށް ފަހު މިހާރު ވަނީ ފްލޮރިޑާގައި ހުންނަ އޭނާ ދިރިއުޅުއްވާ ގެކޮޅަށް ވަޑައިގެންފައެވެ. ދައުވާތަކަށް ޓްރަމްޕް އިންކާރު ކުރެއްވުމުން ދެން އޮންނާނީ، ކޯޓުން ޝަރީއަތުގެ ތާރީހެއް ކަނޑައަޅައި ދައުވާކުރާ ފަރާތާއި ދިފާއީ ވަކީލުން ހެކިތައް ކޯޓަށް ހުށަހެޅުމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ