ދަރިވަރުންނަށް ވިހަދޭ މީހުނަށް އަދަބުދޭން ދޭން ހާމަނާއި ގޮވާލައްވައިފި

ދަރިވަރުންނަށް ވިހަދޭ މީހުނަށް އަދަބުދޭން ދޭން ހާމަނާއި ގޮވާލައްވައިފި
ލިޔުން:
އީރާނުގެ ސްކޫލް އަންހެން ކުދިންނަށް ވިހަ ދިނުމަކީ މާފު ނުކުރެވޭ ވަރުގެ ޖަރީމާއެއް ކަމަށް އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ ހާމަނާއި ވިދާޅުވެއްޖެއެވެ.
އީރާނުގެ ލީޑަރު މިހެން ވިދާޅުވެފައިމިވަނީ އިތުރު ސްކޫލްތަކެއްގެ އަންހެން ދަރިވަރުންތަކެއް ހޮނިހިރު ދުވަހު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އީރާނުގެ ސެމީ އޮފިޝަލް ތަސްނީމް ނިއުސް އެޖެންސީ އާއި މެހެރް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ހުޅަނގު ހަމީދާން ޕްރޮވިންސާއި ހުޅަނގު އުތުރު ޒަންޖާން އަދި އަޒަރުބައިޖާން ޕްރޮވިންސްގެ ސްކޫލްތަކުގެ އަންހެން ކުދިން ހޮނިހިރު ދުވަހު ވަނީ ބަލިވެފައެވެ.
ނިއުސް އެޖެންސީތަކުން ބުނީ ހުޅަނގު ދެކުނުޕްރޮވިންސް ކަމަށްވާ ފާސް އާއި އުތުރުޕްރޮވިންސް އަލްބޯޒްގެ ސްކޫލްތަކުންވެސް ވިހަވުމުގެ މައްސަލަތައް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
"ދަރިވަރުން ވިހަވުމުގެ މައްސަލަ ކަމާބެހޭ ފަރާތްތަކުން ސީރިއަސްކޮށް ކުރިއަށް ގެންދަން ޖެހޭ. މިއީ މާފު ނުކުރެވޭ ވަރުގެ ޖަރީމާއެއް... މި ޖަރީމާ ހިންގި މީހުންނަށް ހަރުކަށި އަދަބު ދޭން ޖެހޭ،" ހާމަނާއީއާ ހަވާލާދީ ދައުލަތުގެ މީޑިއާއިން ބުނެފައިވެއެވެ.
"ދަރިވަރުންނަށް ވިހަދިން ކަން ސާބިތުވެއްޖެ ނަމަ މި ކުށުގެ ފަހަތުގައި ތިބި މީހުންނަށް މަރުގެ އަދަބު ދޭން ޖެހޭނެ، އެ މީހުންނަށް މައާފެއް ނުލިބޭނެ،" ހާމަނާއީ ވިދާޅުވިއެވެ.
އީރާނުގައި ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ 50 އިންސައްތަ ހިއްސާކުރަނީ އަންހެން ކުދިންނެވެ.
އީރާނުގެ ރައީސް އިބްރާހީމް ރައީސީ ވަނީ އެ މައްސަލަތަކަކީ "ރައްޔިތުންގެ ތެރޭގައި ބިރުވެރިކަމާއި މާޔޫސްކަން އުފައްދަން ދުޝްމަނުންގެ ރޭވުމެއް ކަމަށް ސިފަކުރައްވާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
