މާލެ: 31°C

ދިއްލީގެ މަގު މަތީގައި އަންހެން ކުއްޖަކު މަރާލައިފި، މީހުން ތިބީ ކުޅިބަލަން

May 30, 2023
2 ފަހަރު ބަލާފައި
ދިއްލީގެ މަގު މަތީގައި އަންހެން ކުއްޖަކު މަރާލައިފި، މީހުން ތިބީ ކުޅިބަލަން
ދިއްލީގެ މަގު މަތީގައި އަންހެން ކުއްޖަކު މަރާލައިފި، މީހުން ތިބީ ކުޅިބަލަން
އިންޑިއާގެ ވެރިރަށް ދިއްލީގައި 16 އަހަރުގެ އަންހެން ކުއްޖެއްގެ ގަޔަށް ވަޅިހަރައި މަރާލި ކަމުގެ ތުހުމަތުގައި 20 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ. އާއްމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އެ މީހާ ވަނީ ތަކުރާރުކޮށް އަންހެން ކުއްޖާގެ ގަޔަށް ވަޅި ހަރާފައެވެ. އަދި ބޮޑު ގާގަޑަކުން އޭނާގެ ބޮލަށް އަނިޔާދީފައެވެ. ވައިރަލްވި ވީޑިއޯއިން ފެންނަގޮތުން އެ މާރާމާރީ ހުއްޓުވަން އެއްވސް ބަޔަކު މަސައްކަތެއް ކޮށްފައެއް ނުވެއެވެ. ގިނަ ބަޔަކު ތިބީ ކުޅި ބަލަންށެވެ. ފުލުހުން ބުނީ، އެ ދެ މީހުންނަކީ ލޯބިގެ ގުޅުމެއް އޮންނަ ދެ މީހުން ކަމަށާއި މަރާލުމުގެ ކުރިން ދެ މީހުންގެ ދެމެދުގައި ޒުވާބެއް ހިނގާފައިވާ ކަމަށެވެ. އެ އަންހެން ކުއްޖާ ރައްޓެއްސެއްގެ ދަރިފުޅުގެ އުފަންދުވަހުގެ ޕާޓީއަށް ދާން އުޅެނިކޮށް އެ ފިރިހެން މީހާ އޭނާއަށް ހަމަލާދިނެވެ. އަވަށްޓެރި ސްޓޭޓެއް ކަމަށްވާ އުއްތަރު ޕްރަދޭޝްގެ ބުލަންދުސްހަރު ޑިސްޓްރިކްޓް ކައިރިން ފުލުހުން ވަނީ އެ މީހާ ހިފަހައްޓައިފަ އެވެ. އެ މީހުން އަދިވެސް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު އިތުރު ތަފްސީލެއް މިވަގުތު ހިއްސާއެއް ނުކުރެވޭނެ އެވެ. ފުލުހުންގެ ސީނިއާ އޮފިޝަލް ރަވީ ކުމާރު ސިންގް ނިއުސް އެޖެންސީ އޭއެންއައިއަށް ވިދާޅުވީ އެ އަންހެން ކުއްޖާއަށް ހަމާލާދީފައިވަނީ ރައްޓެއްސެއްގެ ދަރިއެއްގެ އުފަން ދުވަހުގެ ޕާޓީއަށް ދަނިކޮށެވެ. އޭނާ ބުނީ އެ ކުއްޖާއަށް ހަމަލާދިން މީހާއަކީ ސާހިލް ނަމަކަށް ކިޔާ މީހެކެވެ. އޭނާ ހައްޔަރުކުރީ އުއްތަރަ ޕްރަދޭޝްގެ ބުލަންދުސްހަރު ޑިސްޓްރިކްޓް ކައިރިންނެވެ. ސިންގް އިތުރަށް ވިދާޅުވީ ތަހުގީގު ކުރިއަށްދާ ކަމަށާއި އިތުރު ތަފްސީލެއް މިވަގުތު ފުލުހުންނަށް ހާމަކުރެވެން ނެތް ކަމަށެވެ. އެ ބިރުވެރި މަރާ ގުޅޭ މަންޒަރުތައް އާންމުވުމާ އެކު ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ރުޅިވެރިކަން ފާޅުކޮށްފައެވެ. ދިއްލީ ކޮމިޝަން ފޯ ވިމެންގެ ވެރިޔާ ސްވާތީ މާލިވާލް އާ ހަވާލާދީ ނިއުސް އެޖެންސީ އޭއެންއައި އިން ބުނި ގޮތުގައި އެ ޖަރީމާ ސީސީޓީވީއިން ފެނުނު ކަމަށާއި އެތައް ބަޔަކު އެކަން ފެނުނު ނަމަވެސް އެ މީހުން އެކަން ހުއްޓުވަން ބަޔަކު މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. ދިއްލީގެ އަންހެނުންނާއި އަންހެން ކުދިންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި އޭނާ ވަނީ އެ ސިޓީ އަކީ ނުރައްކާތެރި ސިޓީއަކަށް ވެފައިވާ ކަމަށް ވިދާޅުވެފައެވެ. ނޭޝަނަލް ކޮމިޝަން ފޯ ވިމެންގެ ޗެއާޕާސަން ރޭކާ ޝަރުމާ ވިދާޅުވީ އެތަނުގައި އެތައް ބަޔަކު ތިބި ކަމަށާއި ނަމަވެސް އެއިން އެއްވެސް މީހަކު އެ އަންހެން ކުއްޖާއަށް އެހީވާން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ