ދިއްލީގައި ކޮވިޑްގެ ހާލަތު ކުއްލިއަކަށް ގޯސްވެއްޖެ!

ދިއްލީގައި ކޮވިޑްގެ ހާލަތު ކުއްލިއަކަށް ގޯސްވެއްޖެ!
ލިޔުން:
ބުދަ ދުވަހު އިންޑިއާގެ ވެރިރަށް ނިއުދިއްލީން 300 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެ ބަލީގައި ދެ މީހަކު މަރުވެއްޖެއެވެ.
މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހަށްފަހު ފުރަތަމަ ފަހަރަށް ވެރިރަށުގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 300 އިން މައްޗަށް އަރައިގެން ދިޔަ ފަހަރެވެ. ދިއްލީގައި ދިރިއުޅޭ މީހުންގެ ތެރެއިން 13.89 އިންސައްތަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މުޅި ޖުމްލަ 806 ކޭހެއް ވަނީ ރިޕޯޓްކޮށްފައެވެ.
ސިއްހީ މާހިރުން ލަފާކުރާ ގޮތުގައި ދާދި ފަހުން ދިއްލީގައި ކޮވިޑުގެ ކޭސްތައް އިތުރުވެފައި ވަނީ ވައިރަހުގެ އާ "އެކްސްބީބީ.1.16" ސްޓްރެއިންގެ ސަބަބުން ކަމަށް ބެލެވެ އެވެ. އެހެން ނަމަވެސް ބިރުގަންނަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ކޮވިޑް-19 އާ ގުޅޭ އުސޫލުތަކަށް އަމަލުކޮށް ވެކްސިން ބޫސްޓާ ޝޮޓް ޖަހަން ސިއްހީ މާހިރުން ލަފާދެއެވެ.
ކޭސްތައް އިތުރުވީ "އެޗް3އެން2" އިންފްލުއެންޒާ ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
ބަލި ފެތުރޭ މިންވަރު އިތުރުވަނީ ރޯގާ އާއި އެހެނިހެން އަލާމާތްތަކުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގިނަ ބަޔަކު ކޮވިޑް ޓެސްޓު ހެދުމުގެ ސަބަބުން ކަމަށް ވެދާނެ ކަމަށް މާހިރުން ލަފާކުރެއެވެ.
ދިއްލީގެ ހެލްތު މިނިސްޓަރު ސޯރަބް ބަރްދްވާޖް ވިދާޅުވެފައި ވަނީ އެ ސިޓީގެ ހޮސްޕިޓަލްތަކުގައި އިންފްލުއެންޒާގެ މާ ގިނަ ކޭސްތަކެއް ނެތް ކަމަށާއި މޮނިޓާ ކުރަމުންދާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
