މާލެ: 31°C

ދިއްލީ އެއާޕޯޓުގައި ފުރަން ތައްޔާރުވެފައި އޮތް އިންޑިގޯގެ ފުލައިޓަކަށް ބޮމުގެ ތުރެޓެއް ލިބުމާއެކު އެމަޖެންސީގައި މީހުން ހުސްކޮށްފި

May 28, 2024
2 ފަހަރު ބަލާފައި
ދިއްލީ އެއާޕޯޓުގައި ފުރަން ތައްޔާރުވެފައި އޮތް އިންޑިގޯގެ ފުލައިޓަކަށް ބޮމުގެ ތުރެޓެއް ލިބުމާއެކު އެމަޖެންސީގައި މީހުން ހުސްކޮށްފި
ދިއްލީ އެއާޕޯޓުގައި ފުރަން ތައްޔާރުވެފައި އޮތް އިންޑިގޯގެ ފުލައިޓަކަށް ބޮމުގެ ތުރެޓެއް ލިބުމާއެކު އެމަޖެންސީގައި މީހުން ހުސްކޮށްފި
އިންޑިއާގެ ދިއްލީ އެއާޕޯޓުން ފުރަން ތައްޔާރުވެފައި އޮތް އިންޑިގޯގެ ފުލައިޓަކަށް ބޮމުގެ ތުރެޓެއް ލިބުމާއެކު އެމަޖެންސީގައި ފަސިންޖަރުން ބޯޓުން ބާލުވައިފިއެވެ. އިންޑިއާގެ ދިއްލީން ވަރަނާސއަށް 176 ޕަސެންޖަރުންނާއެކު ފުރަން ތައްޔާރުވެފައިވާ އިންޑިގޯ 6E2211 ފުލައިޓް ފުރުމަށް ތައްޔާރުވެފައިވަނިކޮށް ބޯޓުގެ ކެޕްޓަނަށް ފާހާނާ ތެރެއިން ފެނުނު ކަރުދާސްކޮޅެއްގައި 30 މިނެޓް ތެރޭގައި ބޯޓު ގޮއްވާލާނެ ކަމަށް ލިޔެފައިވާތީ ބޯޓްގެ އިމަޖެންސީ ދޮރުތަކުން ވަގުތުން ޕަސިންޖަރުންވަނީ ބާލުވާފައެވެ. އަދި ވަގުތުން ބޮން ސްކޮޑާއި އަލިފާން ނިއްވާ ވެހިކަލްތައްވަނީ ބޯޓު ކައިރިއަށް ގެނެސްފައެެވެ. އަދި މިހާރު އެ ބޯޓުގައި ބޮމެއް އޮތްތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެއާލައިނުން މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ