މާލެ: 31°C

ސައިބަރ އެޓޭކްތަކަކާ ގުޅިގެން ލަންޑަންގެ ބޮޑެތި ހޮސްޕިޓަލްތައް ހުއްޓުމަކަށް!

June 4, 2024
2 ފަހަރު ބަލާފައި
ސައިބަރ އެޓޭކްތަކަކާ ގުޅިގެން ލަންޑަންގެ ބޮޑެތި ހޮސްޕިޓަލްތައް ހުއްޓުމަކަށް!
ސައިބަރ އެޓޭކްތަކަކާ ގުޅިގެން ލަންޑަންގެ ބޮޑެތި ހޮސްޕިޓަލްތައް ހުއްޓުމަކަށް!
ލަންޑަންގެ ބޮޑެތި ހޮސްޕިޓަލްތަކަށް ސައިބާ ހަމަލާތަކެއް ކުރިމަތިވެ މަސައްކަތްތައް ހުއްޓިއްޖެއެވެ. އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތް ސާވިސަސް ގެ  ހޮޕިޓަލްސް ތަކަށް ދީފައިވާ ސައިބަރ ހަމަލާތަކެއްގެ ސަބަބުން އެޕޮއިންޓްމަންޓް ތައް ކެންސަލްކޮށް ބައެއް ޙިދުމަތްތައް މެދުކަނޑާލާފައިވާއިރު، މި ހަމަލާގެ ސަބަބުން ހާއްސަކޮސް ލޭ އެޅުމުގެ ޙިދުމަތް ވަނީ ހުއްޓާލަންޖެހިފައެވެ. ސައިބަ ހަމަލާތަކާއިގުޅިގެން ހޮސްޕިޓަލްތަކުގައި އޮޕަރޭޝަން ގެ ޙިދުމަތްތައްވެސް މެދުކަނޑާލާފައިވާއިރު ނޭޝަނަލް ހެލްތު ސާވިސަސް އިން ހޮސްޕިތަލްތަކުގެ ވެރިންނަށް މިހާރު އަންގާފައިވަނީ ރައްކާތެރިކަމާއެކު ދެވެން ހުރި ޙިދުމަތްތައް ބަލައި އެ ޙިދުމަތްތައް ކުރިއަށް ގެންދިއުމަށްކަމަށެވެ. ލަންޑަންގެ ކިންގްސް ކޮލެޖް ހޮސްޕިޓަލަލުން ޔަގީންކޮސްދީފައިވާގޮތުން ސައިބަރ ހަމަލާގެ ސަބަބުން ހޮސްޕިޓަލްގެ ޑިޕާޓްމަންޓްތަކުގެ މެދުގައިވަނީ ގުޅުންކެނޑިފައެވެ. އެގޮތުން ބައެއް ޑިޕާޓްމަންޓްތަކުގެ ޑާޓާތަކަށް އެކްސެސް ނުވެވޭއިރު ޕެތޮލޮޖީގެ ނަތީޖާތަކަށް އެކްސެސްވެވެން ހަފްތާއެއްވެސް ނަގާފާނެކަމަށް ބުނެއެވެ. މިދިޔަ މާޗް މަހުވެސް އެފަދަ ސައިބަރ ހަމަލާއެއް ލަންޑަންގެ ނޭޝަނަލް ހެލްތުސާވިސަސް އަށް ދީފައިވެއެވެ. އަދި އެ ހަމަލާއަށްފަހު ވަގަށް ނަގާފައިވާ ޕޭޝަންޓް ޑޭޓާ ޑާކް ވެބްއަށް ލާފައިވެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ