މާލެ: 31°C

ކިއުކަމްބާ ކައިގެން ގިނައަދަދެއްގެ ބަޔަކަށް އެމެރިކާގައި ފަރުވާދޭން ޖެހިއްޖެ

June 6, 2024
2 ފަހަރު ބަލާފައި
ކިއުކަމްބާ ކައިގެން ގިނައަދަދެއްގެ ބަޔަކަށް އެމެރިކާގައި ފަރުވާދޭން ޖެހިއްޖެ
ކިއުކަމްބާ ކައިގެން ގިނައަދަދެއްގެ ބަޔަކަށް އެމެރިކާގައި ފަރުވާދޭން ޖެހިއްޖެ
ކިއުކަމްބާ ކައިގެން ގިނަ އަދަދެއްގެ ބަޔަކު ކާނާ ވިހަވުމާގުޅިގެން އެމެރިކާގެ 14 ސްޓޭޓަކުން ކިއުކަމްބާ ވިއްކުން ވަގުތީގޮތުން ހުއްޓްވައިފިއެވެ. ކިއުކަމްބާ ވިއްކުން ހުއްޓްވަފައިވަނީ، ގިނަ އަދަދެއްގެ ބަޔަކު ކާނާވިހަވެގެން ހޮސްޕިޓަލްތަކުން ފަރުވާ ހޯދަންޖެހުމާގުޅިގެން ކުރި ޓެސްޓް ތަކުން އެގައުމުގެ ފްލޮރިޑާ ގައި ހައްދާފައިވާ ކިއުކަމްބާއިން ޖަރާސީމު ފެނުމާގުޅިގެންނެވެ. މިކަން އެނގިފައިވަނީ މިމަހުގެ 11 އިން ފެށިގެން ކާނާ ވިހަވުމުގެ ގިނަ ކޭސްތަކެއް ފެނުމާގުޅިގެން ޕެންސިލްވީނިއާގެ ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އިން ކުރި ޓެސްޓް ތަކަށްފަހުއެވެއެވެ. އެހެންކަމުން ފޮލިރިޑާއިން ކިއުކަމްބާ އެތެރެކޮށްފައިވާ 14 ސްޓޭޓަކުން މިހާރުވަނީ ކިއުކަމްބާ ވިއްކުން ހުއްޓްވާފައެވެ. މިގޮތުން އެމެރިކާގެ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި އެމެރިކާގެ ފޮލޮރިޑާގައި ހައްދާ ކިއުކަމްބާ ކައިގެން މިހާތަނަށް ވަނީ 162 މީހަކަށް ފަރުވާދީ 50 އަށްވުރެ ގިނަ މީހުން ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްފައެވެ.    

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ