ކޮވިޑު ލީކުވީ ޗައިނާގެ ލެބަކުން ބުނެވޭ ވަރުގެ ހެއްކެތް ނެތް: އެމެރިކާގެ އިންޓެލިޖެންސް

ކޮވިޑު ލީކުވީ ޗައިނާގެ ލެބަކުން ބުނެވޭ ވަރުގެ ހެއްކެތް ނެތް: އެމެރިކާގެ އިންޓެލިޖެންސް
ލިޔުން:
ކޮވިޑް-19 ގެ ބަލިމަޑުކަން އުފެދުނީ ޗައިނާގެ ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީގައި ހިނގި ހާދިސާއަކުން ކަމަށް ބުނާ ބުނުމަށް ސީދާ އެއްވެސް ހެއްކެއް ލިބިފައި ނުވާ ކަމަށް އެމެރިކާގެ ޑިރެކްޓާ އޮފް ނޭޝަނަލް އިންޓެލިޖެންސް (އޯޑީއެންއައި) ގެ އޮފީހުން އާންމުކުރި ރިޕޯޓެއްގައި ބުނެފިއެވެ.
ހުކުރު ދުވަހު އާންމުކުރި ހަތަރު ސަފުހާގެ ރިޕޯޓުގައި ވަނީ ފުޅާ ދާއިރާއެއްގައި ތަހުގީގުތައް ކުރިއަށް ގެންދިޔަ އިރު، ލެބް ލީކުވި ކަން ކަށަވަރުވާ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށް ބުނެފައެވެ. ނަމަވެސް ބަލިމަޑުކަމުގެ އަސްލު އަދިވެސް ނޭނގޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން، މާޗް މަހު ވަނީ ކޮވިޑް-19 އުފެދުނު ގޮތާ ގުޅޭ ގޮތުން ވީހާވެސް ގިނަ މައުލޫމާތު ހިއްސާ ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައި، ބަލިމަޑުކަމުގެ އަސްލާ ގުޅޭ މައުލޫމާތު އާންމު ކުރުމުގެ ބިލެއްގައި ސޮއި ކުރައްވާފައެވެ.
އެމެރިކާގެ ޖާސޫސީ އިދާރާތަކުން އާންމުކުރި ރިޕޯޓުގައި ވާގޮތުން ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީ (ޑަބްލިއުއައިވީ) ގައި ކޮރޯނާވައިރަހާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި ދިރާސާތަކެއް ކުރި ނަމަވެސް، ކޮވިޑް-19 ފެތުރެން މެދުވެރިވި ކަމަށް ބެލެވޭ ވަކި ހާދިސާއެއް އަންގައިދޭ އެއްވެސް ހެއްކެއް ފެނިފައެއް ނުވެއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަން އުފެދުނު ގޮތާ ބެހޭ ގޮތުން ދެކެވުނު ބަހުސް ހޫނުވީ މިދިޔަ ފެބްރުއަރީ މަހު ވޯލް ސްޓްރީޓް ޖާނަލްއިން ނެރުނު ރިޕޯޓަކުންނެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެނާޖީއިން އެސެސްމަންޓެއް ހަދާފައިވާ ބަލިމަޑުކަމުގެ އެންމެ ބޮޑު ސަބަބަކީ ޗައިނާގައި ލެބޯޓްރީ ލީކުވުން ކަމަށް ބެލެވޭ ކަމަށެވެ.
އެފްބީއައިގެ ޑިރެކްޓަރު ކްރިސްޓޯފާ ރޭ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ވިދާޅުވެފައި ވަނީ ބަލިމަޑުކަމުގެ އަސްލަކީ ވޫހާންގައި ހިނގި ލެބްގެ ހާދިސާއެއް ކަމަށް ބެލެވޭ ކަމަށް އޭނާގެ އެޖެންސީން ޒަމާނުއްސުރެ އެސެސް ކުރަމުން ދިޔަ ކަމަށެވެ. ނަމަވެސް ޗައިނާއިން ވަނީ އެ ވާހަކަތައް ދޮގުކުރެއެވެ. އަދި އިތުބާރު ނެތް ވާހަކައެއް ކަމަށް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
